ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިދުރީސް އިސްމާއީލާއި ނައިބު ރައީސް އަބްދުﷲ އަލީ މަގާމުން ވަކި ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މުއާޒު ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ދެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ރައީސް ޔާމީން އަންނަނީ ކުރައްވަމުން ކަމަށެވެ.