أمّ المؤمنينالسّيّدة ميمونة بنت الحارثމަދީނާގައި

ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ވަޑައިގެންأمّ المؤمنينالسّيّدة ميمونةއަށް މަސްޖިދުއްނަބަވީއާ އިންވެގެން ކޮޓަރިކޮޅެއް ހައްދަވައިދެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުންأمّ المؤمنينالسّيّدة ميمونةއަށް މަރްޙަބާ ވިދާޅުވިއެވެ. އެކަމަނާއާމެދު ރީތިގޮތުގައި މުޢާމަލާކުރެއްވިއެވެ. އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއިރު ކައުސާހިބާصلّى اللّـه عليهوسلّمގެ އަށް އަނބިކަނބަލުން ތިއްބެވިއެވެ.أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاއެހުރިހާ ބޭކަނބަލުންނަށްވެސް ނުހަނު ބޮޑަށް ކަމޭހިތްތެވިއެވެ. އިޙްތިރާމު ކުރެއްވިއެވެ.أمّ المؤمنينއަބަދުވެސް ސަމާލުކަންދެއްވީ އެއިން އެއްވެސް ބޭކަނބަލަކު އެކަމަނާއާ ރުހިވަޑައިނުގަންނަވާނެ އެއްވެސްކަމެއްވިޔަ ނުދެއްވުމަށެވެ.

أمّ المؤمنينالسّيّدة ميمونة رضى اللّـه عنــهاއާދަވެގެން ނަމާދުކުރައްވައި އުޅުއްވީ އަލްމަސްޖިދުއްނަބަވީގައެވެ. އަލްމަސްޖިދުލްޙަރާމް ފިޔަވައި އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދަށްވުރެ، އަލްމަސްޖިދުއްނަބަވީގައި ކުރާ ނަމާދެއްގެ ޘަވާބު އިތުރުކަމުގައި، ކައުސާހިބާ ޙަދީޘުކުރެއްވި އަޑު އެކަމަނާ އައްސަވައިފައިވާތީއެވެ.

އިސްލާމީ ތާރީޚުގެ މަޝްހޫރު ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައިأمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައިزياد بن عبد اللّـه بن مالكވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީأمّ المؤمنينގެ އުޚުތެއްކަމުގައިވާعزّة بنت الحارثގެ ދަރިކަލެކެވެ.زيادމަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއޭރު ގެކޮޅަކު ނުއުޅުއްވައެވެ. އިތުރު ސާހިބާ އެގެކޮޅަށް ވަޑައިގެންނެވިއިރު އެގެކޮޅުގައި ބޭރުމީހަކު އިންދައި ފެނިވަޑައިގެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެ މޫނުފުޅުމަތީން ހިތްޕުޅާ ހަމަނުކުރެއްވުމުގެ އަސަރު ފާޅުވިއެވެ. އެވަގުތުأمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاއަށް އެކަން ވިސްނިވަޑައިގެން ވިދާޅުވިއެވެ. "އޭ މާތްاللّـهގެرسولއާއެވެ! މިއީ އަޅުގަނޑަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. މީނާގެ މަންމައަކީ އަޅުގަނޑުގެ އުޚުތެކެވެ. މަދީނާއަށް އައީ ހިލާލުވަންހައިގެ ވަފުދުގައެވެ. އަޅުގަނޑު ދެކެލާންއައީއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއަށް،أمّ المؤمنينގެ ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން އުފާފުޅުކުރައްވައިزيادއަށް މަރްޙަބާ ވިދާޅުވިއެވެ. އެކަލޭގެފާނަށް ރަޙްމަތާއި ބަރަކާތްލެއްވުން އެދިވަޑައިގެން ހެޔޮދުޢާފުޅު ކޮށްދެއްވިއެވެ.

ކައުސާހިބާصلّى اللّـه عليه وسلّمހިޖުރައިން ދިހަވަނަ އަހަރު ޙައްޖަތުލްވަދާޢަށް ވަޑައިގެންނެވިއިރުأمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުންނާވެސް އެކުގައެވެ.

ކައުސާހިބާصلّى اللّـه عليه وسلّمޙައްޖުދުވަހު ޚުޠުބަތުލްވަދާޢު ވިދާޅުވާން ހުންނަވަނިކޮށްأمّ المؤمنينالسّيّدة ميمونةއިތުރު ސާހިބާއަށް ކިރުތަށިކޮޅެއް އެރުއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمޙައްޖުވެރީންގެ ކުރިމަތީގައި އެކިރުތަށިކޮޅު ހިއްޕެވިއެވެ. ނަތީޖާއެއްގެގޮތުން، ޢަރަފާތްދުވަހު ޙައްޖުވެރީންނޫން މީހުން ރޯދަހިފުމަކީ ގަދަ ސުންނަތެއްކަމުގައިވިޔަސް، ޢަރަފާތުގައި ތިބޭ ޙައްޖުވެރީން އެދުވަހު ރޯދަހިފުމަކީ ހުއްދަކަމެއް ނޫންކަން ބަޔާންވިއެވެ. އޭގެކުރީން ޞަޙާބީންގެ ބައެއް ބޭކަލުން ހީފުޅުކުރައްވައިގެން ތިއްބެވީ ކައުސާހިބާصلّى اللّـه عليه وسلّمހުންނެވީ ރޯދަފުޅަށް ކަމުގައެވެ.

ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެ ވަޑައިގަތުން

ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅު ފެށުނީ، ކައުސާހިބާصلّى اللّـه عليه وسلّم، أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاގެ ގެކޮޅުގައި ހުންނެވި ދުވަހެއްގައެވެ. އެދުވަހަކީ ހިޖުރައިން އެގާރަވަނަ އަހަރުގެ ޞަފަރުމަހުގެ އޮނަތިރީސްވީ ހޯމަދުވަހެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އިސްތަށިފުޅުގައި ރިހިވަޑައިގަންނަވާންފެށީ އެދުވަހު ބަޤީޢުގައި އޮތް ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރިވަޑައިގެންނެވި މަގުމަތީގައެވެ. ހަމައެދުވަހުމެ ހުންފުޅުވެސް އަތުވެއްޖެއެވެ. ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގެންނެވީ 12 ރަބީޢުލްއައްވަލް 11ހ. ގައެވެ. އެހެންކަމުންأمّ المؤمنينالسّيّدة ميمونة رضى اللّـه عنــهاއަށް ކައުސާހިބާصلّى اللّـه عليه وسلّمގެ ޚިދުމަތުގައި އިންނެވުނީ ތިންއަހަރާއި ތިންމަހެއްހައި ދުވަހުއެވެ.

އަވަހާރަވުން

أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاއަވަހާރަވީ އަހަރަކާމެދުވެސް މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. އެންމެ ޞައްޙަކަމުގައި ބެލެވިފައިވަނީ ހިޖްރައިން 51 ވަނަ އަހަރު ކަމުގައި ބުނެވޭ ބުނެވުމެވެ.أمّ المؤمنينއެއަހަރު ޙައްޖަށް ވަޑައިގެންނެވިއެވެ. އަވަހާރަވުމުގެ އާލާސްކަންފުޅު ފެށުނީ އެދަތުރުފުޅުގައި މައްކާގައި އިންނަވަނިކޮށެވެ. އާލާސްކަންފުޅު ބޮޑުވުމުން ވިދާޅުވިއެވެ. "އަހަރެން މިރަށުން ގެންދާށެވެ. އަހަރެން މިރަށުގައި މަރުނުވާނެކަމަށް ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވި އަޑުއެހީމެވެ." އޭރު މައްކާގައި އެކަމަނާގެ ތިމާގެފުޅު އެކަކުވެސް ދިރިއެއް ނުއުޅެއެވެ. އެކަމަނާ ގޮވައިގެން ދަތުރުކުރެއްވި ބޭކަލުންނަށް ވަޑައިގެންނެވުނީ ސަރިފާ ހަމަޔަށެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ އަރިހުގައި އެންމެފުރަތަމަ ރޭކުރެއްވީ ސަރިފުގައި ހުރި ގަހެއްގެ ދަށުގައި ފޭލިގެ ޖައްސަވައިގެން ހުންނަވައެވެ. އެގަހާ ހަމަޔަށް ގެންދެވުނުތަނާ އެކަމަނާގެ ފުރާނަފުޅު އެފުރާނަފުޅަށްޓަކައި ޚާއްޞަކުރެވިގެންވާ މަތިވެރި މަޤާމަށް ދަތުރުކޮށްފިއެވެ. އެކަމަނާ ފަސްދާނުލެވުނީވެސް އެގަސްދޮށުގައެވެ.

أمّ المؤمنينالسّيّدة ميمونةގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާعبد اللّـه بن عبّاس رضى اللّـه عنهއެވެ. އެކަމަނާގެ ހަށިކޮޅު ފަސްދާނުލާން ގެންދާންފެށުމުންإبن عبّاسވިދާޅުވިއެވެ. "ތިޔައީرسول اللّـه صلّى اللّـه عليه وسلّمގެ ޙުރުމަތްތެރި އަނބިކަނބަލުންނެވެ. ތިޔަ ހަށިކޮޅު ނުތަޅުވައި އަދަބުވެރިކަމާއެކު ގެންދާށެވެ." ލަހްދުގައި ވެޑުއްވެވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ތިންބޭކަލުންނެވެ.إبن عبّاسއާއި،يزيد بن الأصمّއާއި،عبد اللّـه بن شدّادއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 80 އަހަރުފުޅެވެ.

ޢިލްމުވެރިކަން

أمّهات المؤمنينގެ ތެރެއިން ކޮންމެ ބޭކަނބަލަކީވެސް ޢިލްމުވެރިކަމާއި މަޢުރިފާވެރިކަމާއި ފިޤުހުވެރިކަމުގައި މަތީދަރަޖައިގެ އެދުރުބޭކަނބަލެކެވެ. ޚާއްޞަކޮށް އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމާއި ރޭގަނޑުގެ އަޅުކަމާބެހޭ އެންމެ އިތުބާރުހުރި މަޢުލޫމާތުތަކެއް ޚަޒާނާކުރައްވައިފައިވަނީ އެބޭކަނބަލުންގެ ހަނދުމަފުޅުގައެވެ. އަނެއްކޮޅުން އެބޭކަނބަލުން ގެންދެވީ ޢާއްމުކޮށް މިސްކިތްކޮޅުގައި ވިދާޅުވާ ވަޢުޡުތަކާއި ބަޔާންކުރައްވާ ޙުކުމްތައްވެސް އަޑުއައްސަވައި ދަސްފުޅުކުރައްވަމުންނެވެ. އިތުރު ސާހިބާގެ ދަތުރުފުޅުތަކާއި، ހަނގުރާމަތަކުގައިވެސް އެބޭކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.أمّهات المؤمنينރޭގަނޑާއި ދުވާލު ހޭދަކުރެއްވީ ކައުސާހިބާصلّى اللّـه عليه وسلّمގެ ކުރިފުޅުމަތީގައެވެ. އެކަލޭގެފާނުގެ އިރްޝާދުތަކަށް ޢަމަލުކުރެއްވުމުގައެވެ. އިތުރު ސާހިބާގެ އަރިހުން ތަރްބިޔަތު ހޯއްދެވުމުގައެވެ.

أمّ المؤمنينالسّيّدة ميمونة رضى اللّـه عنــهاއަކީ ހަނދުމަފުޅު ވަރަށްގަދަ ބޭކަނބަލެކެވެ. އެކަމަނާ ގެންދެވީ ކައުސާހިބާصلّى اللّـه عليه وسلّمގެ ޙަދީޘުފުޅުތައް ހިތްޕުޅުން ދަސްފުޅު ކުރައްވަމުންނެވެ. އެކަމަނާ ކައުސާހިބާގެ ޚިދުމަތުގައި ހޭދަކުރެއްވި ކުރުމުއްދަތުގެ ތެރޭގައި އުނގެނިވަޑައިގެން ރިވާކުރައްވައިފައިވާ ޙަދީޘުފުޅުތައް ނިސްބަތުން ވަރަށްގިނައެވެ.أمّ المؤمنينالسّيّدة ميمونة رضى اللّـه عنــهاރިވާކުރައްވައިފައިވާ ޙަދީޘުފުޅުތަކުގެ ޢަދަދަކީ ބައެއްބޭކަލުން ވިދާޅުވާގޮތުގައި ސާޅީސްހައެކެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން ހަތްދިހަ ހައެކެވެ. އެކަމަނާގެ އަރިހުން ރިވާވެފައިވާ ހަތް ޙަދީޘަކާމެދު ދެއިމާމުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އޭގެއިތުރަށް ބުޚާރީގައި އެއް ޙަދީޘު މުސްލިމުގައި ފަސް ޙަދީޘުވެއެވެ. އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި،عبد اللّـه بن عبّاسއާއި،عبد اللّـه بن شدّاد بن الهادއާއި،يزيد بن الأصمّއާއި،عبدالرّحمن بن سائب الهلالىއާއި،عبيد اللّـه الخولانىހިމެނިވަޑައިގަންނަވައެވެ. މިފަސްބޭކަލުންގެ ތެރެއިން އެންމެފުރަތަމަ ނަންގަނެވިފައިވާ ހަތަރު ބޭކަލުންނަކީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ހަތަރު ބޭކަލުންނެވެ.

أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاދުވާލުގެ ގިނަވަގުތު ހޭދަކުރައްވަމުންގެންދެވީ ޢިލްމީ މަސައްކަތްޕުޅުގައެވެ. ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ޢިލްމު އުނގަންނަވައިދެއްވުމުގައެވެ.

އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާعبد اللّـه بن عبّاس رضى اللّـه عنهއެއްދުވަހަކު އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު އިސްތަށިފުޅުހުރީ ވަރަށްބޮޑަށް ހޭވިފައެވެ.أمّ المؤمنينވިދާޅުވިއެވެ. "ދަރިފުޅު ތިޔަހާ ފަރުވާކުޑަގޮތަކަށް ބޮލުގައި ފުނާވެސް ނާޅައި ތިޔަހުރީ ކީއްވެގެންހެއްޔެވެ؟"إبن عبّاسވިދާޅުވިއެވެ. "ބޮޑުދައިތާފުޅާއެވެ!أمّ عمارة(އެކަލޭގެފާނުގެ އަނބިކަނބަލުންގެ ކުންޔަތުގެ ނަންފުޅު) މިދުވަސްކޮޅު އުޅުއްވަނީ އަންހެނުންގެ ޚާއްޞަ އާލާސްކަންފުޅުގައެވެ. (މައްސަރުކަންތައް ޖެހިވަޑައިގެންނެވެ.) އަޅުގަނޑުގެ ބޯއޮމާންކޮށްދެއްވަނީ އެކަމަނާއެވެ."أمّ المؤمنينވިދާޅުވިއެވެ. "ދަރިފުޅާހުރެ އަޖައިބުވެއްޖައީމެވެ. އަހަރެމެން އެޙާލަތުގައި (މައްސަރުކަންތައް ޖެހިވަޑައިގެންފައި) ތިއްބައިرسول اللّـه صلّى اللّـه عليه وسلّمއަހަރެމެންގެ އުނގުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި ޤުރްއާންކިޔަވައި ވިދާޅުވެ ހައްދަވައެވެ. އެކަލޭގެފާނުގެ ކުނާކޮޅުގެންގޮސް މިސްކިތުގައި ބާއްވަނީ އަހަރެމެންނެވެ. ދަރިފުޅާއެވެ. އަތަށްވެސް އެބަލިޖެހޭހެއްޔެވެ؟" އެކަމަނާ މިވަނީ އަންހެނަކު އެޙާލަތުގައި އިނަސް ގޭތެރޭގެ މަސައްކަތާއި އެނޫންކަންތައްވެސް ކުރެވިދާނެކަމާއި އޭނާ ނަޖިސްނުވާކަން ނުހަނު ރީތި، ބަލާޣާތްތެރިގޮތަކަށްإبن عبّاسއަށް ވިސްނަވައިދެއްވައިފައެވެ.

މުންކަރާތްތައް ނަހީކުރެއްވުމާއި ސުންނަތް ދިރުއްވުން

أمّ المؤمنينالسّيّدة ميمونة رضى اللّـه عنــهاއިތުރު ސާހިބާصلّى اللّـه عليه وسلّمކަންތައްކުރެއްވިގޮތަށް ހުރިހާކަމެއްވެސް ކުރެއްވުމުގެ މައްޗަށް ނުހަނުބޮޑަށް ބާރުއެޅުއްވިއެވެ.أمّ المؤمنينގެ ޚާދިމާنهديةއެއްދުވަހަކުإبن عبّاس رضى اللّـه عنهގެ ގެކޮޅަށް ކޮންމެވެސްކަމަކު ފޮނުއްވިއެވެ. އޭނާއަށް ފެނުނީإبن عبّاسގެ ދެމަފިރިކަނބަލުންގެ ތަންމަތިކޮޅު ވަކިކުރައްވައިގެން ތިއްބަވަނިކޮށެވެ.نهديةއެންމެފުރަތަމަ ހީކުރީ ދެމަފިރިކަނބަލުންގެ މެދުގައި ކޮންމެވެސް ހަމަނުޖެހުމެއް އުފެދިގެން ތަންމަތިކޮޅު ވަކިކުރައްވައިގެން އުޅުއްވަނީކަމުގައެވެ. ނަމަވެސް އޭނާ އޮޅުންފިލުވައިލުމުން އެނގުނީ،
إبن عبّاسގެ އަނބިކަނބަލުން މައްސަރުކަންތައް ޖެހިވަޑައިގެން އުޅުއްވާކަމެވެ.إبن عبّاسރައްކާތެރިވެވަޑައިގަތުމުގެގޮތުން ތަންމަތިކޮޅު ވަކިކުރެއްވީކަމެވެ.نهديةއެނބުރި ގެއަށްއައިސްأمّ المؤمنينގެ އަރިހުގައި އެވާހަކަ ދެންނެވިއެވެ.أمّ المؤمنينޚާދިމާގާތު ވިދާޅުވިއެވެ. "އެގެއަށްގޮސްإبن عبّاسއަށް ދަންނަވާށެވެ. އަހަރެން ބުންޏެވެ.رسول اللّـه صلّى اللّـه عليه وسلّمގެ ގޮތްކޮޅާ ދުރަށް ވަޑައިނުގަންނަވާށެވެ. އެކަލޭގެފާނު އަހަރެމެންގެ އެޙާލަތުގައި އަހަރެމެންގެ ތަންމަތީގައި އަހަރެމެންނާއެކު އަރާމުކުރައްވައެވެ."

އަންހެނަކު ބައްޔެއްވުމުން އޭނާ އެބަލީން ގަދަވެއްޖެނަމަ މަސްޖިދުލްޢަޤްޞާއަށް ގޮސް ނަމާދެއް ކުރުމަށް ނަދުރު ބުންޏެވެ. އޭނާގެ ބަލިފަސޭހަވުމުން ޤުދުސަށް ދާންވެގެން ދަތުރުގެ ސަލާމްކޮށްލަންأمّ المؤمنينގެ އަރިހަށްގޮސް އެވާހަކަ ދެންނެވިއެވެ.أمّ المؤمنينވިދާޅުވިއެވެ. "މަސްޖިދުއްނަބަވީގައި ނަމާދުކޮށްލާށެވެ. އޭރުން ޘަވާބު މާބޮޑުވާނެއެވެ. އަލްމަސްޖިދުލްޙަރާމް ފިޔަވައި އެހެން ކޮންމެ މިސްކިތެއްގައި ކުރާ ނަމާދަކަށްވުރެ އެއްހާސްގުނަ ޘަވާބު އިތުރުވާނެއެވެ. ނަދުރުވެސް ފުއްދޭނެއެވެ."

أمّ المؤمنينالسّيّدة ميمونة رضى اللّـه عنــهاގެ ވަރަށް ތިމާގެފުޅު މީހެއް އެއްފަހަރަކު އެކަމަނާގެ ފައިންޕުޅު ދެކޭންދިޔައެވެ. އޭރު އޭނާގެ އަނގައިން ރާގެވަސް ދުވައެވެ.أمّ المؤمنينވަރަށްބޮޑަށް ކޯފާއިސްވިއެވެ. ވަރަށްބޮޑަށް ނުރުހުންވެވަޑައިގެން ވިދާޅުވިއެވެ. "މީގެފަހުން ދުވަހަކުވެސް އަހަރެންގެ ގެޔަށް ވަދެގެން ނުވާނެއެވެ."

ދީލަތިފުޅުކަމާއި މާތްاللّـهއަށް ވަކީލުކުރެއްވުން

أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاއަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. ދީލަތިފުޅުކަމަށް މަޝްހޫރު ބޭކަނބަލެކެވެ. އެކަމަނާ އެހެންމީހުންގެ ބޭނުންތައް ފުއްދަވައިދެއްވަން ދަރަނިވެސް ނަންގަވައެވެ. ދަރަންޏެއް ނަންގަވައިފިނަމަ ވަރަށް އަވަހަށް އަދާވެސް ކުރައްވައެވެ. މިގޮތުން އެއްފަހަރަކު ތަންކޮޅެއް ބޮޑު ޢަދަދެއް ދަރަންޏަށް ނެންގެވުމުން މީހަކު ދެންނެވިއެވެ. "ކަމަނާ ތިޔަ ދަރަނި އަދާކުރައްވާނީ ކިހިނަކުންތޯއެވެ؟"أمّ المؤمنينވިދާޅުވިއެވެ. "ދަރަނި އަދާކުރުމުގެ ފުރިހަމަ ޤަޞްދު އޮވެގެން މީހަކު ދަރަންޏެއް ނަގައިފިނަމަاللّـه سبحانه وتعالىއެ ދަރަންޏެއް އަދާކޮށްދެއްވާނެއެވެ."

أمّ المؤمنينއެއްފަހަރަކު އެކަމަނާގެ ޚާދިމާއަކު މިނިވަންކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ގެކޮޅުގައި ހުންނަވަން ހަމަޖެހިފައިވާ ދުވަހު އެގެކޮޅަށް ވަޑައިގަތުމުން، އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ވިދާޅުވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ. "ކަމަނާ ތިޔަ ޚާދިމާ ކަމަނާގެ މާބެއަށް ދެއްވިނަމަ، ޘަވާބު މާބޮޑުވީހެވެ. ރަޙިމުގެ ގުޅުން ބޭއްވެވުމުގެ ޘަވާބުވެސް ލިބިވަޑައިގެންނެވީހެވެ."

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ހަތްވަނަ އަހަރުއެވެ.

  2. ކައުސާހިބާصلّى اللّـه عليهوسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ތިރީސްހައަހަރު ނުވަތަ ހަތްއަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާصلّى اللّـه عليهوسلّمގެ ޢުމުރުފުޅަކީ، ފަންސާސްނުވަ އަހަރުފުޅެވެ.
  4. ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ތިންއަހަރާއި ތިންމަހެއްހައި ދުވަހުއެވެ.
  5. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، އަށްޑިހަ އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން ފަންސާސްއެއްވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މައްކާއާ ދިހަމޭލު ދުރުގައި އޮންނަ ސަރިފުގައެވެ.

އަރަހުށި މާތްاللّـه، أمّ المؤمنين السّيّدة ميمونة بنت الحارثއަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

1. ތިޛުކާރެ - ޞަޙާބިޔާތު

ޠާލިބުލްހާޝިމީ

2. އުއްމަހާތުލްމުއުމިނީން - ޕްރޮފެސަރ ޚާލިދު ޕަރުވޭޒު

3. އުއްމަހާތުލްމުއުމިނީން - ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު

4. ރަޙްމަތުއްލިލްޢާލަމީން ޤާޟީ - މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ

5. އައްރަޙީޤުލްމަޚްތޫމް - މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ

6. ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ ސަރުދާރުفاطمة بنتمحمّد صلّى اللّـه عليهوسلّم-މުފުތީ ޘަނާއުاللّـهމަޙްމޫދު

7. އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

__________________