އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނ. މާޅެންދޫ ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ، މާޅެންދޫ އިން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ކައުންސިލުގެ މެމްބަރެކެވެ. އަދި އެއީ ޖިންސީ ގޯނާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 14 އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ އެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.