ބޭނުންވާ ތަކެތި:

4 ބިސް

3/4 ޖޯޑު ހަކުރު

3 މޭޒުމަތީ ސަމުސާ ފުށް

ލޮނު ކޮޅެއް

2 ޖޯޑު ކިރު

30 1/2 ސައިސަމުސާ ވެނީލާ އެސެންސް

30 މިލްކު ބިސްކޯދު

4 ވައް ދޮންކެޔޮ (ފޮތިކޮށްފައި)

ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި ބައި ޖޯޑު ހަކުރު، ފުށް އަދި ލޮނު އެއްކުރުމަށް ފަހު އޭގެ ތެރެއަށް ހަތަރު ބިސް އަޅައި ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ކިރު އަޅާށެވެ. ދެން 10 މިނެޓު ވަންދެން މަޑު ގިނީގައި ކެއްކުމަށް ފަހު އުނދުން މަތިން ބާލައި އޭގެ ތެރެއަށް ވެނީލާ އެސެންސް އަޅައި ގިރާލާށެވެ. (ޕުޑިން މިކްސް)

ދެން ޕުޑިން ފިހާ ޓްރޭގައި ޕުޑިން މިކްސް ފަތުރާލާށެވެ. އެއަށްފަހު އޭގެ މަތީގައި ބިސްކޯދު އަތުރާލާށެވެ. ބިސްކޯދުގެ މަތީގައި ދޮންކެޔޮ އަތުރައި އޭގެ މަތީގައި ޕުޑިން މިކްސް ހާކާށެވެ.

އެއަށްފަހު އަވަނަށް ލައި ފިހެލާށެވެ.