ބޭނުންވާ ތަކެތި:

3/4 ޖޯޑު ކިރު

1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

115ގ ޗޮކުލެޓް (ކުދިކޮށް ކޮށާފައި)

6 މޭޒުމަތީ ސަމުސާ ޗޮކުލެޓް އައިސްކުރީމް

1 1/2 ޖޯޑު ގަނޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ތަވައަކަށް 2/3 ޖޯޑު ކިރު އަދި ކޮކޯ ޕައުޑަރު އަޅައި ރަނގަޅަށް ގިރާލުމަށް ފަހު ހޫނު ކުރާށެވެ. ކެކެން ފެށުމުން އުނދުން މަތިން ބޭލުމަށް ފަހު އޭގެ ތެރެއަށް ޗޮކުލެޓު އަޅާށެވެ. ޗޮކުލެޓުތައް އެއްކޮށް ދިޔާވަންދެން ހާކަމުން ގެންދާށެވެ. ޗޮކުލެޓުތައް ރަނގަޅަށް ގިރުމުން ކުޑަ އިރުކޮޅަކު ބަހައްޓާށެވެ.

އެއަށް ފަހު ތަވާގައި ހުރި ޗޮކުލެޓް މިކްސް، މިކްސަރަށް އަޅައި، އޭގެ ތެރެއަށް ބާކީ ހުރި ކިރު ފޮދާއި ޗޮކުލެޓް އަދި ގަނޑުފެން އެޅުމަށް ފަހު ގިރާލާށެވެ.