ދެހާސް ބާރަ ވަނަ އަހަރު ނުކުތް ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ބޮލީވުޑަސް ތައާރަފުވެ ބޮޑު މަގުބޫލު ކަމެއް ހޯދި ޒުވާން ފަންނާނު އާލިއާ ބަޓް ވެސް ހޮލީވުޑަށް ނުކުތުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެފި އެވެ.

މި މަހު ނުކުތް 'އުޅްތާ ޕަންޖާބް' ގައި އާލިއާ ދައްކުވައިދީފައިވާ މޮޅު ހުނަރުގެ ސަބަބުން އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

"އުޅްތާ ޕަންޖާބު"ގެ މަންޒަރެއްގައި އާލިއާ: އޭނާގެ އެކްޓިން އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން

ކާމިޔާބު ފިލްމަކަށް ފަހު އާލިއާ މިހާރު އަންނަނީ ސިދްހާތު މަލޯތުރާ އަދި އޭނާގެ އެންމެ ގަތް އެކުވެރިޔާ އާއެކު ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ފިލްމުތައް ކުޅެއް ބޭނުންވާ ކަމަށާއި، އެންމެ އަވަހަށް މިސްރާބު ޖަހާނީ ހޮލީވުޑާ ދިމާލަށް ކަމަށެވެ.

އާލިއާ ބަޓް: ހޮލީވުޑުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައި ---

އުމުރުން 23 އަހަރުގެ އާލިއާ ވަނީ މިހާތަނަށް ތަފާތު ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން 'ހައިވޭ'، 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ'، '2 ސްޓޭޓްސް' އަދި 'ކަޕޫރް އެންޑް ސަންސް' ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

'ހައިވޭ' ގެ މަންޒަރެއް: އެ ފިލްމުގައި އާލިއާގެ މޮޅު އެކްޓިން އެއް ވަނީ ފެނިގެންގޮސްފައި --

އާލިއާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ، ވަރުން ދަވާން އާއެކު ފިލްމު 'ޝުއްދީ' އިންނެވެ. އެ ފިލްމު ރިލޯޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރުގަ އެވެ. އޭގެ އިތުރުން އާލިއާ އަދި ވަރުން އަންނަނީ 'ބަދްރީނާތު ކީ ދުލްހަނިޔާ'ގެ މަސައްކަތް ވެސް ކުރަމުންނެވެ.