26 Jun 2016, 13:17
ސަތާރަ ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އިން ހޮވި އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ މަގާމު ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން ހޯދައިފި އެވެ.
ސްޕެއިންގެ މެޑްރިޑުގައި ބޭއްވި އެވޯޑު ހަފްލާގައި ރަންވީރު އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ ފިލްމު 'ބާޖީރާއޯ މަސްތާނީ'ގައި ކުޅުނު ރޯލަށެވެ. ދީޕިކާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ގެންދިޔައީ 'ޕީކޫ' އިންނެވެ.
މިފަހަރުގެ އެވޯޑުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ 'ބާޖީރާއޯ މަސްތާނީ' އެވެ. އެ ފިލްމަށް ވަނީ ނުވަ އެވޯޑެއް ލިބިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ކޮރެއޮގުރަފީ އާއި ސިނެމަޓޮގްރަފީ ވެސް ހިމެނެ އެވެ.
ސަންޖޭ ލީލާ ބަންސާލީ ބުނީ ފިލްމަށް ލިބުނު ކާމިޔާބީ އާ ގުޅިގެން ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ.
އެންމެ މޮޅު ފިލްމަކަށް ހޮވިފައި ވަނީ ސަލްމާނަ ޚާން ފެނިގެން ދިޔަ 'ބަޖްރަންގީ ބައިޖާން' އެވެ.
އެ ހަފްލާގައި ސްރީދޭވީ އަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް ހަވާލުކޮށްފަ އެވެ. މިއީ އަންހެން ފަންނާނަކަށް އެ އެވޯޑު ލިބުނު ފުރަތަމަ ފަހަރު ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
މި އަހަރުގެ އައިފާ އެވޯޑް ހަފްލާ ހުށަހަޅައި ދީފައި ވަނީ ފަރްޚާން އަޚްތަރު އަދި ޝާހިދު ކަޕޫރެވެ. އެ ހަފްލާގައި ބޮލީވުޑުގެ ހުނަރުވެރި ތަރިންގެ ހުށަހެޅުންތައް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
އެވޯޑު ހާސިލް ކުރި ފަރާތްތައް:
އެންމެ މޮޅު ފިލްމު: ބަޖްރަންގީ ބައިޖާން
އެންމެ މޮޅު އެކްޓްރެސް: ދީޕިކާ ޕަދުކޯން (ޕީކޫ)
އެންމެ މޮޅު އެކްޓަރު: ރަންވީރު ސިންގ (ބާޖީރާއޯ މަސްތާނީ)
އެންމެ މޮޅު ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ (ބާޖީރާއޯ މަސްތާނީ)
އެންމެ މޮޅު ވާހަކަ: ކޭ.ވީ ވިޖެޔެންދުރާ ޕްރަސާދް (ބާޖީރާއޯ މަސްތާނީ)
އަހަރުގެ އެންމެ ކާމިޔާބު އަންހެން ފަންނާނު: ޕްރިޔަންކާ ޗޯޕްޅާ
އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް: ޕްރިޔަންކާ ޗޯޕްޅާ (ބާޖީރާއޯ މަސްތާނީ)
އެންމެ މޮޅު ސަޕޯޓިންގ އެކްޓަރު: އަނިލް ކަޕޫރު (ދިލް ދަޅަކްނޭ ދޯ)
އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން): މޮނާލީ ޓާކުރު (މޮހް މޮހް ކޭ ދާޖޭ)
އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން): ޕާޕޮން (މޮހް މޮހް ކޭ ދާޖޭ)
އެންމެ މޮޅު ޑެބިއު (އަންހެން) :ބޫމީ ޕެޑްނެކަރު (ދަމް ލަގާކޭ ހައިޝާ)
އެންމެ މޮޅު ޑެބިއު (ފިރިހެން): ވިކީ ކޯޝަލް (މަސާން)
އަލަށް ތައާރަފްވި އެންމެ މޮޅު ޖޯޑު: އާތިޔާ ޝެޓީ އަދި ސޫރަޖް ޕަންޗޯލީ (ހީރޯ)
އެންމެ މޮޅު މިޔުޒިކް: ޕުރިތަމް ޗަކްރަބޯޓީ (ބަޖްރަންގީ ބައިޖާން)
އެންމެ މޮޅު ބެކްގުރައުންޑް ސްކޯ: ސަންޗިތު ބަލްހާރާ (ބާޖީރާއޯ މަސްތާނީ)