26 Jun 2016, 12:32
އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް، ޒީނާ ޒާހިދު އައްޔަން ކޮށްފި އެވެ.
އެ މަގާމަށް ވަގުތީ ގޮތުން ޒީނާ އައްޔަންކޮށްފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އާމިނަތު ޒެނީޝާ ޝަހީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޒެނީޝާ އެ މަގާމުން އިސްތިއުފާ ދެއްވީ ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އާކްގެ ޑިރެކްޓަރު ކަމަށް ޒީނާ އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ޒީނާ މީގެ ކުރިން ހުންނެވީ އާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގަ އެވެ.
އާކް އަކީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ވަކާލާތު ކުރެއްވުމަށް ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ޒެނީޝާ އުފެއްދެވި ޖަމިއްޔާ އެކެވެ.