19 May 2011, 14:53
މާފަންނުގެ ގެއަކުން 60 އަށްވުރެ ގިނަ ރާފުޅި އާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތުގެ ހަތިޔާރު ހޯދައި އެކަމުގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީ އާ ނުރައްކާތެރި ކުށްތައް ހުއްޓުވަން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރޭގައި މިއަދު މެންދުރު ފަހު ޗެކްކުރި މާފަންނުގެ ގެއަކުން 60 އަށް ވުރެ ގިނަ ފުޅި ބަނގުރަލާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތުގެ އެއްޗެހި ތަކެއް ހޯދާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އެގެއިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.