26 Jun 2016, 10:27
ބޭނުންވާ ތަކެތި:
4 ޗިކަން ބްރެސްޓް
1 ލުނބޯގެ ހުތް
3 މޭޒުމަތީ ސަމުސާ މާމުއި
ލޮނުމެދު ބޮނޑިއެއް (ގާނާފައި)
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/2 ސައިސަމުސާ ވިނެގާ
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ ތައިމް
މުގުރި އަސޭމިރުސް
ލޮނު
ތެޔޮ ފޮދެއް
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ބޯތަށްޓެއްގައި ލުނބޯ ހުތާއި، ފިޔާ، މާމުއި، ލޮނުމެދު އަދި ސޯޔާ ސޯސް އެއްކުރާށެވެ. އެއަށް ފަހު ކުކުޅު ކޮޅުގައި ޅިޔަ އަޅައި ސޯސް ގަނޑުގެ ތެރެއަށް އަޅާށެވެ. ކުކުޅު ކޮޅުގައި ރަނގަޅަށް ސޯސް އުނގުޅަން ހަނދާން ބަހައްޓާށެވެ.
އެއަށް ފަހު ބާކީ ހުރި އެއްޗެހި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދެ ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާށެވެ.
ދެ ގަޑިއިރު ވުމުން ފުރިޖުން ނަގައި، ތަވައެއްގައި ތެލުލާށެވެ.