ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ޑީއާރްޕީގައި ފުރަތަމަ ފާހަގަ ވެގެން އައީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަދި ސްޕޯކްސް ޕާސަންގެ ގޮތުގައި 2008ގަ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާގެ ގޮނޑިއަށް ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރައްވައި 742 ވޯޓު ހޯއްދަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރުގެ ގޮތުގައި އުމުރުފުޅުން 24 އަހަރުގަ އެވެ. ކުރިން ރައީސް އޮފީހުގެ ޕްރެސް އޮފީހުގައި ވެސް މަސައްކަތް ކުރެއްވެވި އަލީ ފެބުރުއަރީ 17، 2010 ގައި ޑީއާރްޕީގެ ނައިބު ލީޑަރު ކަމަށް ވަޑައިގަތީ ޕާޓީގެ ކޮންގްރެސްގައި 645 ވޯޓު ހޯއްދަވައިގެނެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ޑީއާރްޕީދޫކޮށް އަލީ އެމްޑީޕީއާ ގުޅޭ ކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށް އޭނާ ވަނީ މިއަދު ރަސްމީކޮށް ޑީއާރްޕީން ވަކިވެ ވަޑައިގެންނެވިކަން އިއުލާން ކުރައްވައިފަ އެވެ. މިއަދުގެ ބޮޑު އެ ހަބާރާ ގުޅިފައިވާ ބައެއް ވާހަކަތައް އަލީ ވަނީ ސަންއާ ހިއްސާކޮށްފަ އެވެ.

ކުއްލިއަކަށް މިއަދު ޑީއާރްޕީން ވަކިވެ ވަޑައިގަތީ. މިހާރު އަލީއާ ބެހޭ ގޮތުން އަޑުތައް އަރާފައިވާ ގޮތަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީތޯ؟ ކޮބައިތޯ މައްސަލައަކީ؟

މިއީއަކީ އަޅުގަނޑު މިއަދު ނިންމި ނިމްމުމެއް ނޫން. މިކަމާ ވިސްނާތާ ވަރަށް ގިނަ ދުވަސްވެއްޖެ އަޅުގަނޑު ޑީއާރްޕީއަށް ވަނީއްސުރެ އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން އައީ ފަހަތަކަށް ނުޖެހެން އެހެންނަމަވެސް ހަތް ވަޒީރުންނަށް ރުހުން ދިނުމުމުގެ މައްސަލަ މަޖިލީހުގަ އާއި ސުޕްރީމް ކޯޓުން ކާމިޔާބު ކުރުމަށް ފަހު ޑީއާރްޕީން ބޭއްވި ޖަލްސާފައި އަޅުގަނޑުގެ މޫނު މައްޗަށް ބިއްލޫރި މޭޒެއް ފަޅައިލީ. އެއީ ޒައީމް، ފެކްޝަނަކޭ ޓީ ފެކްޝަނަކޭ ދައްނަވާކަށް ނެތިން. އޭގެ ހަފުތާއެއް ފަހުން ފެނުނީނީ އެ ބޭފުޅުން ޒައީމް އަރިހުގައި މެލޭޝިޔާގެ ކޭއެލްގައި ފަރިއްކޮޅެއްގައި ތިއްބަވަނިކޮށް. އެއީ އަޅުގަނޑުމެން ކުރަމުން އައި މަސައްކަތަށް ކުރި ވަރަށް ބޮޑު މަލާމާތެއް. އެ ދުވަހަށް ފަހު ޑީއާރްޕީ ހުއްޓިއްޖެ. ދެން ފެނިގެން ދިޔައީ ޑީއާރްޕީ ތެރޭގައި ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގްރޫޕްތައް އުފެދިގެން ދިޔަތަން. އަޅުގަނޑު ދުށިން ޑެޕިއުޓީ ލީޑަރު އިބުރާހިމް ޝަރީފު ހަވަރަށް ދިން މަންޒަރު. އަޅުގަނޑަށް ފެނުނު ޒައީމަށް ނިސްބަތްވާ މީހުންގެ އަނިޔާވެރި އަމަލުތައް. އަޅުގަނޑު މަސައްކަތް ކުރިން އެންމެން އެއްގަލަކަށް އަރުވަން ޕާޓީގެ އަހަރީ ދުވަހު ތުލުސްދޫގައި އަޅުގަނޑު އިސްނަގައިގެން އެކަމާ އުޅުނިން. އެއްތާކަށް ގެންދެވުނު ވެސް. އެކަމަކު ބައިބައިވެގެން ދިޔައީ. މިއީ މައިގަނޑު ސަބަބު.

ތިޔަ ވިދާޅުވީ ކިހިނެއް މަސައްކަތް ކުރެއްވެވި ވާހަކަތޯ؟ އަދި ވަކިވި ސަބަބާމެދު ތިޔަ ދެއްވެވި ޖަވާބު ސާފެއް ނުވޭ؟
ސިޔާސީ މައިދާނުގައި ނޯނާންނެ ކޮޕްމްރޮމައިސް ނުކުރެވޭނެ ކަމެއް، ވާހަކަ ދައްކައިގެން ހައްލު ނުހޯދޭ ވަރުގެ ދުޝްމަނުނެއް ނުތިބޭނެ. ނަމަވެސް އަޅުގަނޑުމެން ޕާޓީގެ ޒައީމާއި އެ މަނިކުފާނުގެ އަރިހުގައި އެންމެ ދުވަސްވީ ނައިބު ލީޑަރު، ތަސްމީން ޕާޓީގެ ލީޑަރަކަށް ވަޑައިގެން އެ ދެ ބޭފުޅުން މެދުގައި ހިޔާލު ތަފާތުވީމަ އަޅުގަނޑު އެތަކެއް މަސައްކަތެއް ކުރިން. އެކަމަކު ގޮތްދޫކުރުމެއް ނުފެނުނު. ގައުމުގެ ހާލަތަށް ބާލާއިރު ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. އެކަމަކު ޑީއާރްޕީގެ ހާލަތު އޮތީ އެހެނެއް ނޫން. ޕާޓީގެ ހާލު އޮތް ވަރުން އެ ޕާޓީގެ ތެރެއިން ގައުމަށް އަޅުގަނޑަށް ކޮށްދެވޭނެ ހިދުމަތެއް މިއަދަކު ނެތް. ނަގޫފިތިފައި ތިބި ސިޔާސީ ލީޑަރުންގެ ފަހަތުގައި އަޅުގަނޑުގެ ސިޔާސީ ކެރިއަރު ރަޖަމް ކުރެވޭކަށް ނެތް. އެހެންވީމަ ވަކިވީ. އެ ބޭފުޅުން ވެސް ނެތް ގޮތް ދޫކުރުމެއް.

ތިޔަހެން ވިދާޅުވަންޏާ ސިޔާސީ މައިދާ ފެންނަނީ ކިހިނެއްތޯ؟

މިވަގުތުވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ގިނަ ވަގުތު ހޭދަކުރައްވަނީ ރައީސް މައުމޫން. ރައީސް މައުމޫންގެ ރާޒުވާ ކުޅިބައި ނުނިދާ. އެ ކުޅިބައި އޮތީ ހޭލައި، ވެގެންވަންޏާ އެހެން ލިޑަރުންގެ ޕްރޮފައިލް ބަލިކަށި ކުރެވިޖެއްޔާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް މައުމޫނު ވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑު.

އެ ގޮތް ކަމުނުދަނީތޯ؟

އަޅުގަނޑުގަނޑަކީ ޒުވާނެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ ތާއަބު ގަދީމީ ވެރިކަމެއް އޮންނަން ޖެހޭނެ ކަމަކަށް. އަދި އެއް އާއިލާއެއް ވެރިކަމުގައި އޮންނަން ޖެހޭނެ ކަމަކަށް.

ޖިނާއީ ކުށްތައް ޕާޓީގައި ކުރާ ކަމަށް ތިޔަ ވިދާޅުވަނީ އެއީ ކޮންބައެއްތޯ؟

އަޅުގަނޑުމެންގެ ކޮންގްރެސްގައި ފޭލިވި ފަރާތްތަކުގެ ތެރެއިން ޕާޓީގެ ޒައީމަށް ނިސްބަތްވާ މީހުންނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ޒެޑް ފެކްޝަނެއް ހަދައިގެން ޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދަނީ. މިކަން ހައްލު ކުރަން އިލެކްޝަންސް ވެސް އޮތީ ނުކުޅެދިފައި. ޑީއާރްޕީ ކައުންސިލު ވެސް އޮތީ ނުކުޅެދިފައި. މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ޕެލޭނެއް ނެތް. ޝާހިދު އަރައިފިއްޔާ ޒެޑްފެކްޝަނުން ހަމަލާދޭ. ނާޒިމް އަރަފިއްޔާ ޓީ ފެކްޝަނުން ހަމަލަދޭ. އެ ކަމުގައި ވަގުތު ކަނޑައިލެވޭކަށް އަޅުގަނޑަކަށް ނެތް. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ރަނގަޅު ކުރެވޭތޯ. އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓެއް ނޫން. ރެއާ ހަމައަށް ވެސް އަޅުގަޑު މަސައްކަތް ކުރިން އެއްގަލަކަށް އަރުވަން. ރައީސް މައުމޫނާ ތަސްމީން އެއްކޮށް ޖަލްސާ ބޭއްވި ނަމަވެސް އަޅުގަނޑު މަޑު ކުރީމުސް... ދެން މުޒާހަރާ ކުރީ އަޅުގަނޑުމެންނަށް ފެނުނީ ލީޑަރުން ދުރުގައި ތިބިތަން. އަޅުގަނޑު ދުށިން ސަރުކާރު މީހުން މުޒާހަރާ ކުރިތަން ވެސް، އެމީހުންގެ ތެރޭގައި ނެތް މީހަކު ނެތް. ދެން އަޅުގަނޑެމެންގެ މުޒާހަރާތަކުގައި ޒުވާނުންތައް ހަލާކުވެގެންދާންވީ މުއްދަތް ޖަހަނީ. )އެހެންވިދާޅުވި އިރު ޒުވާނުންގެ މުޒާހަރާތަކުގައި އަނިޔާވި އަޑުބަރޭ، އަލީގެ ކުރިމަތީގައި އިން( ސިޔާސީ ލީޑަރުން މިއަންނަނީ މީހުން ގިނަވެލީމާ ބަލައިލަން. ކޮންމެ ކަމެއްގައި ވެސް ނަގޫ ފިތިފައި. އަޅުގަނޑުގަނޑަށް ނެތް ޑީއާރްޕީގެ އާންމު މެންބަރުންނަށް ދޮގުހަދައިގެން އިނދެވޭކަށް. އެއަށް ވުރެ ރަނގަޅީ އަތްފޮޅާފައި ނުކުންނަން. ޑީއާރްޕީގެ ޕްލެޓްފޯމެއް ނެތް، ޖާގައެއް ވެސް ނެތް. އަޅުގަނޑު މިދަނީ އެހެން ވެގެން.

އަލީއާ އެކު ބަޔަކު ހިނގައިދާނެތޯ؟

އަޅުގަނޑުގެ ވިސްނުމެއް ނޯވޭ މީހުން ގެންދާކަށް. މިނިންމުމަކީ އަޅުގަނޑުގެ މުޅިން އަމިއްލަ ނިންމުމެއް. ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އާންމު މެންބަރުންނަށް އަޅުގަނޑު ދޭން ބޭނުންވާ ބައެއް މެސެޖްތައް ދޭނަން. ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަ ޖެހޭ. އިދިކޮޕާޓީއެއް ނެތުމަކީ ސިސްޓަމަށް ލިބޭނެ ފައިދާއެއް ނޫން. އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓެއް ނޫން. އެބޭޅުންގެ ޒިންމާއެއް މި މައްސަލަ ހައްލު ކުރުން އެއީ. ޔާމީން ހަމަލާ ދެއްވަނީ އޭނާ އަށް ޑީއާރްޕީ ލިބޭ ގޮތަކަށް. ތަސްމީން ރާވަނީ އޭނާގެ އަތުގައި ރިޔާސީ ޓިކެޓް ސަލާމަތުން ބާއްވަން. ރައީސް މައުމޫންގެ ރޭވުންތައް އަދި އެއަށްވުރެ މާފުޅާ. އެކަން އަޅުގަނޑަށް ވަރަށް ގާތުން ފެނިއްޖެ.

ސަރުކާރަށް އެހާ، ހަރު އަޑުން ފާޑު ވިދާޅުވެފައި އެމީހުންގެ ތެރޭގައި މަސައްކަތް ކުރެއްވެވިދާނެތޯ؟

އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑަކީ ސަރުކާރު ނިސްބަތްވާ ފާރާތްތަށް އެންމެ ބޮޑަށް ހަމަލާދޭ ފަރާތް ކަމަށް. އެކަމަކު ހަމަލާ ދިނޭ ކިޔާފައި ހުންނާކަށް ނުޖެހޭ. ސިޔާސީ ގޮތުން އޮޅުވާލައި އަމިއްލައަށް، އަމިއްލަ ފައިދާއަށް ހުރިހާ ކަމެއް ނިންމައި އެއްވެސް ކުރިއެރުމެއް އަމިއްލައަށް ހޯދަން ނޫޅޭ ބައެއްގެ ތެރޭގައި ހުންނާކަށް ނުޖެހޭ. އެވަރު ޖެހިލުންވާ މީހެއް ނޫން މިއީ އަކީ.

ސަރުކާރާ އެއްވެސް ޑީލެއް ހަދާފައިނެތޯ؟ ރައީސާ ވެސް ބައްދަލު ކުރެއްވެވި، އަނެއްކާ މިއަދު ތި ވަކިވެ ވަޑައިގަތީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް އެމްޑީޕީއާ ގުޅިވަޑައި ގަންނަނަވަނީތޯ؟

އަޅުގަނޑު ނޯންނާނެ ޑީލެއް ހަދާފައެއް. އަޅުގަނޑު އަދި އެމްޑީޕީއަކަށް ސޮއެއް ނުކުރަން . ޑީއާރްޕީގެ ތެޜޭގައި އުޅޭނެ ދެވައްތަރެއް. އެއީ ރައީސް ނަޝީދާ ވާހަކަ ދެއްކުން ހަރާން ކަމަށް ގަބޫލު ކުރާ މީހުންނާއި ސިޔާސީ ގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށް ގަބޫލު ކުރާ މީހުން. އަޅުގަނޑު ރައީސާ ވާހަކަ ދައްކަން އަދި އަޅުގަނޑަކީ އެންމެ ބާރަށް އެއްޗެހި ވެސް ބުނާ މީހާ. ސިޔާސީ މަޝްރަހުގައި ނުތިބޭނެ ޒަމާނީ ދުޝްމަނުންނެއް. އަޅުގަނޑު މީހަކާ ދުރެއް ނުވާނަން ކައިރި ނުވެވޭރަކަށް. ކައިރިއެއް ނުވާނަން ދުރު ނުވެވޭ ވަރަކަށް. އަޅުގަނޑު އަދިއެއް ނުނިންމަން ސިޔާސީ ގޮތުން ... މިއަދު މިވަކިވީ މާދަމާ އަކީ އާދުވަހެއް، އާ ޗެލެންޖެއް އަޅުގަނޑެއް އެކަންޏަކު ނުހުންނާނެ. އިސްލާހީ މަސައްކަތް އަޅުގަނޑަށް ކުރެވޭނީ ރިޔާސީ ކެންޑިޑޭޓެއް ނުވަތަ ރައީސް ކަމަށް އަންނާނެ މީހެއްގެ ނޫނީ ރައީސް ކަމުގައި ހުރި މީހަކާ އެކު އެކަހަލަ ކޭމްޕަކާ އަޅުގަނޑު ގުޅޭނަން. އަދި ނުއެއް ނިންމަން.

ހިޔާރު ކުރައްވާނީ ރީނދޫ ކޭމްޕްތޯ؟ ވާހަކަތަކުން ހީވޭ؟

ކޮންމެ ގޮތެއް ވެސް ވެދާނެ. އެނީތިން އިޒް ޕޮސިބަލް[ކޮންމެ ކަމެއް ވެސް ވެދާނެ] އަދި ނުނިންމަން. މިނެލަން އެބަޖެހޭ އަޅުގަނޑު ނަޝީދަށް ވެސް ފާޑުކީން. އިދިކޮޅު ލީޑަރުންނަކަށް އަމިއްލަ އެޖެންޑާ ފަހަތަށް ލައި ގައުމު އިސްކޮށް، އިހުލާސްތެރިކަމެއް ނުދެއްކުނު. އެހެންވީމާ އިސްލާހީ މަސައްކަތުގައި އަޅުގަނޑަށް ބައިވެރިވެވޭނެ ކޮން ގޮތަކުންތޯ ބަލަން ޖެހޭ. މިހާތަނަށް މިފެނުނީ ކޮންމެ މީހަކު އެމީހެއްގެ ކޭމްޕް ފުޅާ ކުރާތަން މަޖިލީހުގައި ވެސް. ބައްލަވާ ޑީއާރްޕީއަށް ރައީސް ނަޝީދު ދެއްވާ ހަމަލަ އަށް ވުރެ ގިނައީ އަޅުގަނޑުމެން އަޅުގަމެނަށް ދިން ހަމަލަތައް އެކަމަކު މިއަދަކު މެގަޒިނުގައި ވަޒަނެއް ނެތް އެތެރެ އަށް ޖަހާޖަހާ، ވަޒަން ހުސްވެއްޖެ. ދެން އެޅުގަނޑު ކޮމާންޑޯއަކަށް ހުރެގެން ނުކުތަސް ފޫއަޅާނީ އަޅުގަނޑުގެ މޭ.

ވަކިވަޑައިގަންނަވަމުން ތަސްމީނާ މަޝްވަރާ ކުރެއްވިންތޯ؟

އަޅުގަނޑު މިއަދު ތަސްމީނަށް 10:20 ގައި މެސެޖު ކުރިން. އަދި އަޅުގަނޑު މިހިސާބުން ވަކިވަނީ ކަމަށް ދެންނެވިން، ދެން ޕާޓީއަކަށް ދިޔައަސް އެއްވެސް ފެކްޗަޝަނެއްގައި އަޅުގަނޑެއް ނުހުންނާނަން. ޑީއާރްޕީގައި ވެސް އަޅުގަނޑު ހުރީ ތަސްމީނާއެކީއެއް ނޫން. އަޅުގަނޑު ހުރީ ޕާޓީގެ އުސޫލަށް ތަބާވެގެން

މިވީ ގޮތުން ޑީއާރްޕީގެ މެންބަރުން ބުނާނެ އަލީއަކީ ދެ އަނގައިން ވާހަކަ ދައްކަވާ ބޭފުޅެކޭ؟

އެހެން ބުނާނެ، އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަމެންގެ ބާނީ ޒައީމް މައުމޫނުހެން އެހެން ހެއްދެވީ. އެއީ އަޅުގަނޑުމެން ކުރިމަތީގައި ވިދާޅުވީ ތަސްމީން ވަރުގެ މީހަކު ނެތޭ. މިއޭ ލީޑަރަކީ. އަހަރު ނުވަނީސް އައި ސިޓީ ބަލާފައި ހިތަށް އެރި ސަހަރޯއޭ. އެހެންވީމާ އަލީ ވަހީދޭ ބުނުމުގެ ކުރިން މަތިން، ޒައީމާ ހަމައިން ފަށަން ޖެހޭނީ. އަޅުގަނޑު ކަންބޮޑެއް ނުވޭ.

ދާއިރާގެ ރައްޔިތުންގެ ހިޔާލު ކިހިނެއްތޯ؟ އަދި ވަކި ޕާޓީއަކާ ގުޅެން ކިހާ ދުވަހެއް ނަގާނެތޯ؟


އަޅުގަނޑުގެ ދާއިރާއަކީ އެމްޑީޕީގެ ދާއިރާއެއް. ސްޓެޓިސްޓިކްސް އެނގޭނެ. ދާއިރާގެ މީހުން އަޅުގަނޑުގެ މަސައްކަތްދަނޭ ... ދެން އެންމެ ބޮޑުކަންތައް މިނިންމާލީ، މިއަށް ވުރެ އަވަސްވާނެ ޕާޓީއަކާ ގުޅުން.