ކެންޔާގައި މިއުޒިކް ކޮންސެޓަކަށް ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މިއުޒީޝަނުންތަކެއް ގެނބިގެން މަރުވެއްޖެ އެވެ.

ކެންޔާ ފުލުހުން ބުނީ، ކެންޔާ އާއި އުގަންޑާ އަދި ތަންޒޭނިއާ ގުޅިފައި އޮންނަ ލޭކް ވިކްޓޯރިއާގައި އިއްޔެ ހިނގި އެ ހާދިސާގައި ބޯޓުން ދަތުރުކުރި ނުވަ މިއުޒީޝަނުން މަރުވެފައިވާ އިރު، 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

"ބަރު މިއުޒިކް ކުޅޭ އިކުއިޕްމެންޓްތަކާ އެކު ބޯޓު އޮތީ ވަރަށް ބޮޑަށް ބަރުވެފައި. އަހަރެމެންނަށް ސަލާމަތްކުރެވުނީ އަށް މީހުން. ނުފެނި ތިބީ ނުވަ މީހުން،" ރީޖަނަލް ޑެޕިއުޓީ ކޮމިޝަނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ، އެ މިއުޒީޝަނުންނަކީ ކެންޔާގެ ހުޅަނގުގައި އޮންނަ ޑެންޑާ އަވަށުގައި ރޭ ބާއްވަން ހަމަޖައްސާފައި އޮތް މިއުޒިކް ޝޯއެއްގައި ހުށަހަޅައިދޭން ދަތުރުކުރި ލޯކަލް މިއުޒިކް ގްރޫޕެއްގެ މެމްބަރުންތަކެއް ކަމަށެވެ.

މައުލޫމާތު: އޭޕީ