ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑްގެ މައްޗަށް ޕޮލެންޑުން ކުރި ހޯދައިފި އެވެ.

ޕޮލެންޑުން ފަސް ޕެންލްޓީ ވެސް ކާމިޔާބު ކުރިއިރު އެ ޓީމުގެ ޕެންލްޓީތައް ޖެހީ އެ ޓީމުން ޕެނަލްޓީތައް ފޮނުވާލީ ރޮބަޓް ލެވަންޑޯސްކީ، އާކަންޑިއުޝް މިލިކް، ކަމިލް މިލިކް، ޔަކުބް ބްލަޝުކޯވްސްކީ އަދި ގްރެގޯ ކްރިކޯވިއަކެވެ.

ސްވިޒަލެންޑްގެ ފަސް ޕެނަލްޓީގެ ތެރެއިން ގްރެނިޓް ޒަޚާ ޖެހި ޕެނަލްޓީ ނާކާމިޔާބުވި އިރު އަނެއް ހަތަރު ޕެނަލްޓީ ވަނީ ޕޮލެންޑްގެ ގޯލުގެތެރެއަށް ވައްދާލާފަ އެވެ. އެ ޓީމުން ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ ސްޓެފަން ލިސްޓައިނާ އާއި ޒެރްޑަން ޝަގީރީ އާއި ފަބިއަން ޝޭއާ އަދި ކްރިސްޓިއަން ރޮޑްރިގޭޒެވެ.

.ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު ޕޮލޭންޑުން ކާމިޔާބު ކުރި އިރު މިރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޕޮލެންޑެވެ. ސްވިޒަލެންޑްގެ ޕެންލްޓީ އޭރިއާ ތެރެއަށް ވަދެ ގްރޮސްކީ ނަގައިދިން ހުރަސް ހުސްކޮށް ހުރެ ޔަކްބް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ޕޮލެންޑް ލީޑުގައި އޮވެ ނިންމާލި އިރު ދެވަނަ ހާފުގައި ސްވިޒަލެންޑް އިން ދިޔައީ ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 82 ވަނަ މިނެޓްގައި ޒާޑަން ޝަގާރީ، ޕޮލެންޑް ޕެނަލްޓީ އޭރިއާ ކުރިމަތީގައި ހުރެ އޯވަހެޑަކުން ކާމިޔާބު ކުރި ގޯލާއި އެކު ސްވިޒަލެންޑުން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ކުއަޓާ ފައިނަލުގައި ޕޮލެންޑް ކުޅެން ޖެހޭނީ މިރޭ 12:00 ޖަހާއިރު ކްރޮއޭސިއާ އާއި ޕޯޗުގަކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ އަނަން މަހު އެއްވަނަ ދުވަހުގެ ރޭ 12:00 އެވެ.