މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ 9:00 ގައި ފެށި ވޭލްސް އާއި ނޮދަން އަޔަލެންޑް ބައްދަލު ކުރާ މެޗްސަން ސްޕޯޓްސް ފޭސްބުކް ޕޭޖުން ދަނީ "ލައިވް" ކުރަމުންނެވެ.

ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމް ގެނެސްދެމުން ދަނީ ކޮކާކޯލާ ނަސީބުވެރިންނާއެކު މި ވަގުތު ފްރާސްގެ "ޕާކް ޑެސް ޕްރިންސަސް" ސުޓޭޑިއަމްގައި ހުރި ސަންގެ ޑެޕިއުޓީ އެޑިޓަރު އަހުމަދު މުޖުތަބާއެވެ.

މުޖުތަބާ އެލައިވް ގެނެސްދޭއިރު ބޮޑަށް ދައްކުވައި ދޭނީ ސަޕޯޓަރުންގެ ހަރަކާތްތަކެވެ. ހާއްސަކޮށް ކޮކާކޯލާއިން ޕެރިހަށް ގެންދިޔަ ދިވެހިންގެ ސަޕޯޓަރުންގެ ހަރަކާތްތަކެވެ.

ފޭސްބުކް ލައިވްއަކީ ދާދިފަހުން ފޭސްބްކުއިން ތައާރަފް ކުރި ހިދުމަތަކަށްވާއިރު މިއީ ޔޫރޯ މެޗެއް ރާއްޖޭގެ މީޑިއާއަކުން ފޭސްބުކް ލައިވްކޮށް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

ޔޫރޯއާ ގުޅިގެން ކޮކާކޯލާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.