ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ވިނަރސްގެ ތެރޭން ޕެރިސް ދަތުރު ލިބުނު ނަސީބުވެރީން ޕެރިހުގެ ތާރީޚީ ތަންތަން މިއަދު ބަލާލައިފިއެވެ.

ކޮކާކޯލާއިން މިއަދު ވަނީ، ފްރާންސްގެ ވިޔަފާރީގެ މައި ސަރަހައްދެއް ކަމަށްވާ، ލަ ދެފޯންސާއި އަދި ވެރިރަށް ޕެރިހުގެ މުހިއްމު ތަންތަނަށް ދަތުރުގެ ބައިވެރީންގެ ގޮވައިގެން ސިޓީ ޓުއަރއެއް އަޅައިފައެވެ.

އެގޮތުން މިއަދު ޒިޔާރާތްކުރި މުހިއްމު ތަންތަނުގެ ތެރޭގައި، އާކް އޮފް ލަ ދެފޯންސް، އާރކް އޮފް ޓްރައިމްފް، ޝޯންޒް އެލިޒޭ، ގްރޯޑް ފަލެއި، ޕެޗިފަލެއި، އިންވަލިޑޭސް، ކޮންކޯރޑް ސްކުއަރ، ޗަރޗް އޮފް މެގްޑެލީނާ، އޮޕޭރާ އޮފް ޕެރިސް، އެވެނިއު އޮފް އޮޕޭރާ، ލުވްރު، ޕޯރް ދޭޒް އާރ، ފޮން ދޭޒް އާރ، ޗާޗް އޮފް ކެތިދެރަލް ނޮތްރެދަން ފަދަ ތާރީޚީ ތަންތަން ހިމެނެއެވެ.

ދަތުރުގެ ހުރިހާ ބައިވެރީންވެސް ތިބީ، ކޮކާކޯލާއިން އިންތިޒާމްތައް ހަމަޖައްސައި ދީފައިވާލެއް ފުރިހަމަކަމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"ކޮކާ ކޯލާގެ މެނޭޖަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ފުރިހަމަ ހުރިހާ އިންތިޒާމެއްވެސް،" މިފަހަރުގެ ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިއެއް ކަމަށްވާ ޠަލްހަތު މޫސާ ބުންނެވެ.

ކޮކާކޯލާ ޕެރިސް ދަތުރުގެ ބައިވެރީން ދެން މިއަދު ދާނީ، ދަތުރުގެ އެންމެ މުހިއްމު ބައި ކަމަށްވާ، ޔޫރޯ ފުޓްބޯޅަ މެޗު ބަލައިލުމަށެވެ. އެއީ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗެވެ. ބައްދަލު ކުރާނީ ވޭލްސްއާއި ނޯދަން އަޔަލެންޑެވެ.

ޔޫރޯ ގަދަ 16 ގައި، މިއަދު ފްރާންސް ގަޑިން 6:00ގައި، ކުޅޭ އެމެޗު އޮންނާނީ ޕެރިހުގެ ޕާކް ދެސް ޕްރިންސަސްގައެވެ.

ޔޫރޯ ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ބައިވެރީން އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ، ޖޫން 28 ވަނަ ދުވަހުއެވެ.

ވޭތުވެ ދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮކާކޯލާ އިން ވަނީ ރާއްޖޭގައި ތަފާތު ހަރާކާތްތައް ހިންގައި، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކިފަރާތްތަކަށް ތަފާތު އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޔޫރޯއާ ގުޅިގެން ކޮކާކޯލާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.