25 Jun 2016, 17:22
މިރެއިން ފެށިގެން އިސްލާމިކް މަރުކަޒުގައި ދަމު ނަމާދު ކުރަން ފަށަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިރޯދަ މަހުގެ ފަހު ދިހައިގެ ހުރިހާ ރެއަކު އިސްލާމިކް މަރުކަޒާއި މާލޭގެ ބައެއް މިސްކިތްތަކުގައި ދަމު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފަހު ދިހައެއްގެ ކޮންމެ ރެއަކު 2:00 ޖަހާއިރު އިސްލާމިކް މަރުކަޒުގައި ދަމުނަމާދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްދު ޝަހީމް އަލީ ސައީދު އެވެ.
ރޯދަ މަސް ފެށުމާއެކު ބައެއް މިސްކިތްތަކުގައި ދަނީ ދަމު ނަމާދު ކުރަމުންނެވެ.