Back
Nov 22, 2025 SUN
SUN

ކުވައިތުުގެ މުއްސަނދި ޒުވާނަކު އެއްފަހަރާ ހަތަރު އަންހެނުންނާ ކައިވެނިކޮށްފި

ކުވައިތުުގެ މުއްސަނދި ޒުވާނަކު އެއްފަހަރާ ހަތަރު އަންހެނުންނާ ކައިވެނިކޮށްފި
Lead photo

ކުވައިތު ސިޓީ (ޖޫން 25) : ކުވައިތުގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ އަމީން ހަތަރު އަންހެނުންނާ އެއްފަހަރާ ކައިވެނިކޮށްފިއެވެ.

ކުވައިތުގެ މުއްސަނދި ޒުވާނާ (28 އަހަރުގެ) ހަތަރު އަނބިންނާ އެއްފަހަރާ ކައިވެނިކުރީ އޭނާއަކީ އަންހެންކުދިން ލިބޭ އަދި އަންހެނުން ގަޔާވާ މީހެއްކަން އޭނާ ކުރިން އިނދެ ވަރިކުރި އަނބިމީހާ އަށް ދައްކާލުމުގެ ގޮތުން ކަމަށް މިޚަބަރު ގެނަސްދިން ކުވައިތުގެ އޮންލައިން ނޫހާ ހަވާލާދީ އާރުޓީ އޮންލައިއިން ބުނެފައިވެއެވެ.

ވަރިކުރި އަނބިމީހާއަކީ ޚުލޫދު ނަކަމަށްކިޔާ އަންހެން ޑޮކްޓަރެކެވެ. ޚުލޫދުވަނީ އޭނާ ވަރިކުރި ކުރީގެ ފިރިމީހާ އަމީންއަކީ ދެން ދުވަހަކުވެސް އިންނާނެ އަންހެނަކު ނުލިބޭނެ ފިރިހެނެއްކަމަށް ބުނެ ވަރިކުރި ފިރިމީހާއަށް ވަރަށް ބޮޑަށް މަލާމާތާއި ފުރައްސާރަކޮށް އޭނާއަށް އިހާނާތް ކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.

އަމީން ހަތަރު އަންހެނުންނާ ކައިވެނިކުރި ކައިވެނީގެ ހަފްލާގެ ތެރެއިން

ކުވައިތުގެ މިޒުވާނާ، ހަތަރު އަނބިންނާ އެއްފަހަރާ ކައިވެނިކުރިއިރު މިހަތަރު އަންހެނުންނަކީވެސް ޒުވާން ރީތި އަދި ކުރިން ކައިވެންޏެއް ކޮށްފައިނުވާ އަންހެނުންނެވެ. މިހަތަރު އަންހެނުންގެ ތެރޭގައި ހިމެނެނީ ލުބްނާނާއި ސޫރިޔާގެ އަންހެނުން ކަމަށްވެއެެވެ. ސޫރިޔާގެ ގިނަ އަންހެނުންނަކީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށްވެ ޙާލުގައި ޖެހިފައިވާ ބައެކެވެ.

މިހަތަރު އަނބިންގެ ތެރެއިން އެއްވެސް އަންހެނަކު އަނބިންގެ ތެރޭގައި އެެހެން އަންހެނަކުދެކެ ރުޅިއައުމާއި ހަސަދަވެރިކަމުގެ ކަންފުޅެއްވެސް ނެތްކަމަށްވެއެވެ. އެހެންކަމުން މިއީ މިފަދަ ހާލަތްތަކުގައި އަނބިންގެ ފަރާތުން އާންމުކޮށް ނުފެންނަ މަންޒަރެއްކަމަށް މިޚަބަރު ބުނެއެވެ.

ކައިވަންޏަށްފަހު ފިރިހެންމީހާވަނީ ކޮންމެ އަންބަކަށް ފްލެޓެއް ދީފައެވެ. އަދި މިހާރު ކޮންމެ އަންބަކުވެސް ދިރިއުޅޭކަމަށްވަނީ ވަކި ފްލެޓެއްގައެވެ. ހަތަރު އަނބިންނާ އެއްފަހަރާ ކައިވެނިކޮށްގެން ކުވައިތުގެ މުއްސަނދި ޒުވާނާ އަމީން ބޭއްވި ކައިވެނީގެ ހަފްލާވެސް ވަރަށް ފުރިހަމައެވެ. ނަމަވެސް މިހަފްލާގައި ބައިވެރިވެފައިވަނީ ފިރިހެންމީހާގެ އާއިލާއާއި ހަތަރު އަނބިންގެ އާއިލާތަކުގެ ބައެއް މެންބަރުން ކަމަށް ޚަބަރު ލިބެއެވެ. (އާރުޓީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics