ބޭނުންވާ ތަކެތި:

300ގ ޑާކް ޗޮކުލެޓް (ކުދިކޮށް ކޮށާފައި)

3 ބިސް

1/4 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

ވިޕްޑް ކުރީމް

ޗޮކުލެޓް (ގާނާފައި)

ތައްޔާރު ކުރާނެ ގޮތް:

ކުދިކޮށް ކޮށާފައި ހުރި ޗޮކުލެޓު ތަވަޔަކަށް އަޅައި ދިޔާކުރާށެވެ. އެއްކޮށް ދިޔާވުމުން ފިނިކުރަން ބަހައްޓާށެވެ.

ބޯތަށްޓެއްގައި ބިހާއި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ފޮނު އަރަން ފެށުމުން ފިނިކުރަން ބެހެއްޓި ޗޮކްލެޓް އަދި ކޮކޯ ޕައުޑަރު އެއްކޮށް ގިރާލާށެވެ. ހުރިހާ އެއްޗެއް އެއްވަންދެން ގިރަން ހަނދާން ބަހައްޓާށެވެ.

ދެން އޭގެ ތެރެއަށް ވިޕްޑް ކުރީމް އަޅައި ގިރާށެވެ. ގިރާ ނިމުމުން ފުރިޖަށް ލައި ފިނިކޮށްލާށެވެ.