25 Jun 2016, 11:56
ބޭނުންވާ ތަކެތި:
ޕިއްޒާ ފުށް ގަނޑެއް
2 ސައިސަމުސާ އޮލިވް އޮއިލް
2/3 ޖޯޑު ޕިއްޒާ ސޯސް
ލޮނުމެދު (ގާނާފައި)
1 ޖޯޑު ޗީޒް (ގާނާފައި)
ސޮސެޖު ޕެކެޓެއް (ތުނިކޮށް ވައްކޮށް ފޮތިކޮށްފައި)
ތައްޔާރު ކުރާނެ ގޮތް:
ހަތަރެސް ކަނަށް ވާގޮތަށް ޕިއްޒާ ފުށްގަނޑު ދަމާލާށެވެ. ފުށްގަނޑުގައި ތެޔޮ ފޮދެއް ހާކާލުމަށް ފަހު ފުށްގަނޑުގައި ޕިއްޒާ ސޯސް ހާކާލާށެވެ. އަދި އޭގެ މައްޗަށް ގާނާފައި ހުރި ލޮނުމެދު ކޮޅު ބުރުވާލުމަށްފަހު ޗީޒް ވެސް އަޅާލާށެވެ.
އެއަށް ފަހު އޭގެ މަތީގައި ސޮސެޖް ކޮޅު ރަނގަޅަށް އަތުރާލުމަށް ފަހު، ފުށްގަނޑު އޮޅާލާށެވެ. ދެން ފުރިޖަށް ލައި 25 ވަރަކަށް މިނެޓު އައިސް އަލަމާރީގައި ބަހައްޓާލާށެވެ.
އެއަށްފަހު 1/2 އިންޗި ހުންނަ ވަރަށް ފުށްގަނޑު ކަފަމުން ގެންދާށެވެ. އަދި ޓްރޭގައި ބަޓަރުކޮޅެއް ހާކާލަފައި ޕިއްޒާ ރޯލްސްތައް އަތުރާލުމަށް ފަހު އަވަނުން ފިހެލާށެވެ.