25 Jun 2016, 10:22
އޮންލައިން ނޫސް، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ނެރުން ހުއްޓާލައިފި އެވެ.
ސީއެންއެމްގެ ނޫސްވެރިޔަކު މިއަދު ސަން އަށް ބުނީ ރޭ އެނޫސް ހިންގުން ހުއްޓާލާފައިވާ ކަމަށެވެ.
އެ ނޫސް ހުއްޓާލި ސަބަބު ހޯދުމަށް ނޫހުގެ އިސްފަރާތްތަކާ ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު އުފެއްދި އެނޫހަކީ ވެބްސައިޓުތައް ރޭންކުރާ އެލެކްސާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ދެ ވަނައަށް އެންމެ މަގުބޫލް ވެބްސައިޓެވެ. އެލެކްސާ އިން ބުނާގޮތުން އެންމެ މަގުބޫލް ވެބްސައިޓަކީ ސަންއޮންލައިންނެވެ.