މިއަދު ހަވީރު ހުޅުމާލޭގައި ދުއްވި ވޭނެއް ކޮންޓްރޯލް ނުވެގެން ހުޅުމާލޭ ސެންޓްރަލް ޕާކަަށް ވަނުމުން ވޭން ދުއްވަން އިން ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ވޭނެއް ކޮންޓްރޯލް ނުވެގެންގޮސް ހުޅުމާލޭ ސެންޓަރަލް ޕާކަށް ވަދެފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މަސްތުގ ހާލަތުގައި ހުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އެހާދިސާ ހިނގާފައިވަނީ މިއަދު 5:30 އެހާކަންހާއިރު އެވެ.