މިހާރު ކުރިއަށްދާ ޔޫރޯ 2016 ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާކޯލާ ކުންފުނިން ރާއްޖޭގައި ހިންގި ޚާއްސަ ޕްރޮމޯޝަންގެ ނަސީބުވެރީންގެ ތެރޭން، ޔޫރޯ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބުނު ނަސީބުވެރީން މިހާރު ތިބީ ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ.

ކޮކާކޯލާ އިން އޭޕްރީލް 16އިން ފެށިގެން މޭ 29ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރީންގެ ތެރޭގައި ޕެރިސް ދަތުރު ދިމާވި ހަ ފަރާތަކަށް، އެއިން ކޮންމެ މީހަކުވެސް ބޭނުންވާ އިތުރު އެކަކު ގޮވައިގެން މާލެއިން ޕެރިހަށް ފުރީ ބުރާސްފަތި ދުވަހުގެ ރޭ ދޯހާމަގުންނެވެ. ފްރާންސަށް އާދެވުމާއެ ހުރިހާ ބައިވެރީންގެ މޫނުމަތިންވެސް ފެނުނީ އުފާވެރި އިހްސާސްތަކެއެވެ.

މީޑިއާގެ ތިން ފަރާތަކާ، ކޮކާކޯލާގެ ދެ މުވައްޒަފަކު ހިމެނޭ ގޮތަށް ޖުމުލަ 17 ބައިވެރީންގެ ޓީމަށް ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ޕެރިހުގެ އަޖާއިބުކުރުވަނިވި ރީތިކަން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ކޮކާކޯލާއިން ބުންޏެވެ.

"މިއަދަކީ ފުރަތަމަ ދުވަސް. މިއަދު އަހަރެމެން ދާނީ، ދަތުރުގެ ބައިވެރީންނަށް ޕެރިސް ސެއިން ރިވަރ ދައްކާލަން،" ކޮކާ ކޯލާގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވިދާޅުވިއެވެ.

ފްރާންސްގެ އުތުރުގައި އޮންނަ ސެއިން ރިވަރ އަކީ، 777 ކިލޯމީޓަރު ދިގު،މި ގައުމުގެ ކޮމާޝަލް ގޭޓާ ގުޅިފައިވާ މުހިއްމު ކޯރެކެވެ.

މި ދަތުރުގައި ރާވާފައިވާ އެންމެ މުހިއްމު ކަމަކީ ޔޫރޯ މެޗެއް ބަލައިލަން ދަނޑަށް ވަނުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެގޮތުން، ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ބަލައިލުމުގެ ފުރުސަތު ލިބިފައި ވަނީ އަންނަ މާދަމާ ކުޅޭ، މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ މެޗެވެ. އެ މެޗުގައި ވާދަ ކުރަން ހަމަޖެހިފައި ވަނީ، ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އާއި ނޮދަން އަޔަލޭންޑެވެ.

ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ނަސީބުވެރީންނަށް، ރިވަރ ސެއިން ކްރޫޒްގެ އިތުރުންވެސް އެގަމުގެ މުހިއްމު ތަންތަން ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ޕެރިސް ސިޓީ ޓުއަރ އަކާއި، އެއިފިލް ޓަވަރު ބަލައިލުމާއި ލޫވްރ މިއުޒިއަމް ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.

ޔޫރޯ ޕްރޮމޯޝަންގެ ހަ ނަސީބުވެރީން:

  • އާމިނަތު ރަޝާ
  • އިބްރާހީމް ނައީމް
  • ޠަލްޙަތު މޫސާ
  • ޙަސަން ޝިފާޒް
  • އައިޝަތު ޢަރޫޝާ
  • އަބްދުﷲ ވަހީދު

ޔޫރޯ ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ބައިވެރީން އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ، ޖޫން 28 ވަނަ ދުވަހުއެވެ.

ވޭތުވެ ދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮކާކޯލާ އިން ވަނީ ރާއްޖޭގައި ތަފާތު ހަރާކާތްތައް ހިންގައި، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކިފަރާތްތަކަށް ތަފާތު އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޔޫރޯއާ ގުޅިގެން ކޮކާކޯލާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.