24 Jun 2016, 14:24
ބޭނުންވާ ތަކެތި:
2 ބިސް (ގިރާފައި)
1/4 ޖޯޑު ފެން
1.5 ޖޯޑު ފާރޮށި ކުނޑި
1 ސައިސަމުސާ ލޮނު
2/3 ޖޯޑު ފުށް
1/3 ޖޯޑު ޒުވާރި ފުށް
1 ޕެކެޓު ޗީޒް ސްޓިކް
ތައްޔާރު ކުރާނެ ގޮތް:
ަކުޑަ ބޯތަށްޓެއްގައި ބިހާއި ފެން އެއްކޮށް ގިރާލާށެވެ.
އެހެން ބޯތަށްޓެއްގައި ފާރޮށި ކުނޑި އަދި ލޮނު އެއްކޮށްލާށެވެ.
ތިން ވަނަ ބޯތަށްޓެއްގައި ފުށާއި ޒުވާރި ފުށް އެއްކުރާށެވެ.
ދެން ޗީޒް ސްޓިކްތަކުގައި ފުށް ހާކައި، ބިސް އެއްކުރި ބޯތަށްޓަށް ލައި ބިސް ހާކާށެވެ. އެއަށްފަހު ފާރޮށި ކުނޑި ލައި ތެލުލާށެވެ.