24 Jun 2016, 14:23
ބޭނުންވާ ތަކެތި:
500ގ އޯރިއޯ ބިސްކޯދު
1/2 ޖޯޑު ބަޓަރު
1 ޖޯޑު ވިޕްޑް ކުރީމް
250ގ ޗީޒް
2 ޖޯޑު ކިރު
1 ޖޯޑު ހަކުރު
1 ޕެކެޓު ވެނީލާ ޕުޑިން މިކްސް
ތައްޔާރު ކުރާނެ ގޮތް:
ބިސްކޯދުތައް ފުނޑު ކުރާށެވެ. އަދި އެއް ޖޯޑު ފުނޑުކުރި އޯރިއޯ ފަހަށް ބަހައްޓާށެވެ.
ބަޓަރުތައް ވިރުވުމަށް ފަހު އޭގެ ތެރެއަށް ބާކީ ހުރި އޯރިއޯ އެއްކޮށްލުމަށް ފަހު ޓްރޭގެ ފޫ އެއްކޮށް ފޮރުވޭ ގޮތަށް ލޭޔަރުތަކަށް އަތުރާށެވެ. އެއަށްފަހު ފަސް މިނެޓު ވަންދެން ފުރިޖަށް ލައި ފިނިކޮށްލާށެވެ.
1/2 ޖޯޑު ވިޕްޑް ކުރީމް އާއި ޗީޒް އަދި ހަކުރު އެއްކުރުމަށްފަހު، އޯރިއޯ ލޭޔަރުގެ މަތީގައި ހާކާށެވެ. ދެން އަނެއްކާވެސް ފުރިޖަށް ލާފައި ބަހައްޓާށެވެ.
ޕުޑިން މިކްސް ޕެކެޓުގައި އިރުޝާދު ދީފައިވާ ގޮތަށް، ކިރު އަޅައިގެން ޕުޑިން މިކްސް ތައްޔާރު ކުރާށެވެ. އެއަށްފަހު ފުރިޖަށް ލީ ކޭކު ނަގައި އޭގެ މައްޗަށް އަޅައި އެއްވަރަށް ފަތުރާލާށެވެ.
ދެން އޭގެ މަތީގައި ވިޕްޑް ކުރީމް ހާކައި، މައްޗަށް އޯރިއޯ ކޮޅެއް އަޅާލާށެވެ. ކޭކު ކެއުމުގެ ކުރިން ފިނިކޮށްލާށެވެ.