24 Jun 2016, 14:22
ބޭނުންވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ޗޮކުލެޓް ޗިޕްސް
1/2 ސައިސަމުސާ ހަކުރު
1.5 ޖޯޑު ކިރު
1/8 ސައިސަމުސާ ވެނީލާ އެސެންސް
ވިޕްޑް ކުރީމް
ތައްޔާރު ކުރާނެ ގޮތް:
ކުޑަ ތަވައެއްގައި ޗޮކުލެޓް ޗިޕްސް އަދި ހަކުރު އަޅާށެވެ. އެއަށްފަހު ތަވަޔަށް ކިރު އަޅާށެވެ. އަދި ވެނީލާ އެސެންސް އެޅުމަށް ފަހު އުނދުން ރޯކުރާށެވެ.
މަޑު ގިނީގައި ކައްކަމުން ގެންދާށެވެ. އަދި ރަނގަޅަށް ގިރަމުން ގެންދަން ހަނދާން ބަހައްޓާށެވެ.
ހުރިހާ އެއްޗެއް ގިރި ރަނގަޅަށް އެއްވުމުން، އުނދުން މަތިން ބޭލުމަށްފަހު ތައްޔާރު ކުރި ކޮކޯ ދެ ޖޯޑަށް އަޅާށެވެ. އެއަށްފަހު އޭގެ މައްޗަށް ވިޕްޑް ކުރީމް އަޅާލާށެވެ.