23 Jun 2016, 21:03
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ހަންގޭރީ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ގޯލު ކީޕަރު ގަބޯ ކިރާއީ އަށް ތައުރީފް ކުރުމުގެ ގޮތުން އޭނާ ލައިގެން ހުންނަ ވައްތަރުގެ ޓްރެކްސޫޓް އެ ގައުމުގެ ރައްޔިތުން ލާން ފަށައިފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް މި ފަހަރު އަލަށް ކޮލިފައިވި ހަންގޭރީ ދެ ވަނަ ބުރަށް ދަތުރު ކުރީ އެ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ޖުމްލަ ފަސް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ހާންގޭރީ ކީޕަރު ގަބޯ ކިރާއީ ޓްރެކްސޫޓްގައި --- ފޮޓޯ: އޭޕީ
ހަންގޭރީގެ ފުޓްބޯޅައިގެ ތާރީހުއި އެ ގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އެ މީހުން ބުނަނީ ޔޫރޯ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުން ކަމަށެވެ. އެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ފަރާތެއް ކަމަށް އެ މީހުން ބުނަނީ ކީޕަރު ގަބޯ ކިރާއީ އެވެ.
Amazing. People across Hungary wore grey jogging bottoms to work today to celebrate goalkeeper Gábor Király.pic.twitter.com/oEdsPEiJmB
— Euan McTear (@emctear)June 22, 2016
ހެންގޭރީގެ ކީޕަރަށް ޖޯކު ޖެހުމުގެ ބައެއް އިނދިކޮޅު ސަޕޯޓަރުން ވަނީ އޭނާ މެޗަށް ނުކުންނަނީ ނިދަންލާ ޕިޖާމާ ޓުރެކްސޫޓް ލައިގެން ކަމަށް ގޮވާ މަލާމަތް ކޮށް ހަދާފައެވެ. ނަމަވެސް ޔޫރޯ ފުޓްބޯޅަ ތާރީހުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއާގެ ޝަރަފް ހޯދި އުމުރުން 40 އަހަރުގެ ގަބޯ ކިރާއީ ވެގެން ގޮސްފައި ވަނީ ހަންގޭރީގައި ބަތަލަކަށެވެ.

ހާންގޭރީ ކީޕަރު ގަބޯ ކިރާއީ ޓްރެކްސޫޓްގައި --- ފޮޓޯ: އޭޕީ
ހަންގޭރީގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުގައި ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ވަނީ ޓެރެކްސޫޓަށް ބަދަލު ކޮށްފަ އެވެ. އެންމެ ފަހުން އެ ގައުމުގެ އޮފީސްތަކަށާއި ސްކޫލް ތަކަށް ދަރިވަރުން ވެސް ދަނީ ޓުރެކްސޫޓްގަ އެވެ.