23 Jun 2016, 20:15
ހޯމް މިނިސްޓްރީ ހިންގެވުން ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު މިރޭ ސަން އަށް ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރުގައި ކަމަށެވެ. އެހެންކަމުން ހޯމް މިނިސްޓްރީ ހިންގެވުން ބަންޑާރަ ނައިބު އަނިލްއާ ހަވާލުކުރައްވާފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"މިހާރު ހޯމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުންނެވީ އަނިލް،" ޒުހޫރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން އިއްޔެ ހޯމް މިނިސްޓަރު ކަމަށް ޒުހޫރު އައްޔަން ކުރެއްވީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ. އުމަރު އިސްތިއުފާދެއްވި ސަބަބެއް ސަރުކާރުން އަދި ބުނެފައެއް ނުވެއެވެ.