23 Jun 2016, 13:52
ސައިކަލް ޓެކްސީގެ ހިދުމަތް ދިނުމަށް ހަ ފަރާތަކުން ކުރިމަތިލައިފި އެވެ.
އެހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން ޕުރޮޕޯސަލް ހުށައެޅުމުގެ މުއްދަތު އިއްޔެ އަށް ހަމަވެފައިވާ އިރު އިކޮނޮމިކް މިނިސްޓްރީން ބުނީ 12 ފަރާތަކުން މައުލޫމާތު ސާފުކުރި އިރު ބިޑް ހުށައެޅީ ހަ ފަރާތަކުން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ސަން އަށް ބުނީ އެ ހިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފަސޭހަކަމާ އެކު، ރައްކާތެރި ގޮތަކަށް ހިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށެވެ.
އެޕްރޮޕޯޒަލްތައް ވަރަށް އަވަހަށް އިވެލުއޭޓުކޮށް މަދުވެގެން ދެފަރާތަކަށް އެ ހިދުމަތްދިނުމަށް ހަވާލުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެހިދުމަތް މުޅި ރާއްޖޭގައި ވެސް ފެށުމަށް ނިންމާފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ހިދުމަތްދޭ ފެންވަރުގައި ކަމަށާއި އެހެންކަމުން ރާއްޖޭގައި ސައިކަލް ޓެކްސީ ކުރާ ފަރާތްތަކުން ތިބޭނީ ވަކި ޖެކެޓެއްލައި އެއީ ޑްރައިވަރުންކަން އެނގޭނެ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.