23 Jun 2016, 12:18
ހަށިގަނޑު ރީތި ބައްޓަމަކަށް ބެހެއްޓުމަށް ނުވަތަ ބަރުދަން ލުއި ކުރުމަށް ދެ ގޮތަށް މަސައްކަތްކުރާ މީހުން އުޅެ އެވެ. އެއް ބަޔަކީ ބޭނުންކުރެވޭނެ ހުރިހާ އެއްޗަކާއި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން ބަރުދަން ލުއިކުރަން ގަދަ އަޅާ މަސައްކަތްކުރާ މީހުންނެވެ. އަނެއް ބަޔަކީ ހިކިފައި ހުރިކަން ދައްކަން ޝޭޕް ވެއާ ކަހަލަ އެއްޗެހި ލައިގެން ދެއްކެން އުޅޭ މީހުންނެވެ.

ބަރުދަން ލުއިކުރަން ތަފާތު އުކުޅެއް ގެންގުޅޭ ޔަން: ބަރުދަން ލުއިކުރަން އޭނާ ބޭނުންވީ ބަރުދަން 115 ކިލޯ އަށް އެރުމުން ---
ނަމަވެސް ޗައިނާގެ ޖިލިން އަށް އުފަން 54 އަހަރުގެ ކޮންގް ޔަން އަކީ ބަރުދަން ލުއި ކުރަން ތަފާތު ގޮތަކަށް މަސައްކަތްކުރާ މީހެކެވެ. މިއީ ބަރުދަން ލުއި ކުރުމަށް އެ ހުނަރު ބޭނުންކުރާ ހަމައެކަނި މީހާ އަށް ވެސް ވެދާނެ އެވެ. ހިނގުމަކީ ބަރުދަން ލުއިކުރަން މުހިއްމު ކަސްރަތެއް ނަމަވެސް، ޔަން ހިނގަނީ އޭނާގެ ބޮލަށް 40 ކިލޯގެ ގަލެއް ލައިގެންނެވެ.
ސީސީޓީވީ ނިއުސް އިން ބުނީ، ބޮލަށް ގަލެއް ލައިގެން ޔަން ހިނގާތާ މިހާރު ހަތަރު އަހަރު ވެއްޖެ ކަމަށެވެ. ބަރުދަން ލުއިކުރަން ޔެން ފަށައިގަތީ އޭނާގެ ބަރުދަން 115 ކިލޯ އަށް އެރުމުނެނެވެ.

ބަރުދަން ލުއިކުރަން ތަފާތު އުކުޅެއް ގެންގުޅޭ ޔަން: އޭނާގެ ތަފާތު އުކުޅު ފުރަތަމަ ފެށީ ބޮލަށް 15 ކިލޯގެ ގަލެއް ލައިގެން ---
އެގޮތުން އޭނާގެ ތަފާތު އުކުޅު ފުރަތަމަ ފަށައިގަތީ ބޮލަށް 15 ކިލޯގެ ގަލެއް ލައިގެންނެވެ. މިއީ ތަފާތު ގޮތެއް ނަމަވެސް ނަތީޖާ ރަނގަޅު ކަމަށް ޔަން ބުނެއެވެ.
އެގޮތުން ފުރަތަމަ އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ބޮލަށް ގަލެއް ލައިގެން 1.5 ކިލޯ މީޓަރަށް ހިނގައިގެން 30 ކިލޯ ވަނީ ލުއިވެފަ އެވެ. ބޮލަށް ގަލެއް ލައިގެން ހިނގުމުގެ އިތުރުން ބޮކްސިން ވެސް ކުޅޭ ޔަން ވަނީ ބޮލަށް ގަލެއް ލައިގެން ބެލެންސް ކޮށްގެން ދުވަން ވެސް ފަށައިފަ އެވެ.

ބަރުދަން ލުއިކުރަން ތަފާތު އުކުޅެއް ގެންގުޅޭ ޔަން: އޭނާގެ އަމާޒަކީ ކޮންމެވެސް އެއް ދުވަހަކުން ދުނިޔޭގެ ރިކޯޑް ފޮތަށް އެރުން ---
ޔަން ބުނީ، އޭނާގެ އުއްމީދަކީ ކޮންމެވެސް އެއް ދުވަހަކުން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމެވެ.