ބޭނުންވާ ތަކެތި:

2 ޕެކެޓު ވެނީލާ ޕުޑިން މިކްސް

2 ޖޯޑު ހެވީ ކްރީމް

1 ޖޯޑު ކިރު

1/2 ޖޯޑު ބަޓަރު

1 ޖޯޑު ފެން

1/4 ސައިސަމުސާ ލޮނު

1 ޖޯޑު ފުށް

4 ބިސް

ތައްޔާރު ކުރާނެ ގޮތް:

ވެނީލާ ޕުޑިން މިކްސް، ހެވީ ކުރީމް އަދި ކިރު އެއްކޮށް ގިރާލުމަށް ފަހު، ތަށީގައި މަތި ޖަހައި އައިސް އަލަމާރިއަށް ލާފައި ބަހައްޓާށެވެ.

220 ޑިގްރީ އަށް އަވަން ޕްރީ ހީޓު ކުރާށެވެ.

ތެއްޔެއްގައި ފެނާއި ބަޓަރު އެއްކޮށް ކައްކާލާށެވެ. ފެން ގަނޑު ކެކެން ފެށުމުން ފުށާއި ލޮނު އެއްކުރުމަށް ފަހު، ފުށްގަނޑަކަށް ވަންދެން ހާކަމުން ގެންދާށެވެ.

ދެން ފުށްގަނޑު ބޯތަށްޓަކަށް ލުމަށްފަހު އޭގެ ތެރެއަށް ފަހަރަކު ބިހެއް އެއްކޮށް ގިރަމުން ގެންދާށެވެ.

ރަނގަޅަށް ގިރުމުން މޭޒުމަތީ ސަމުސަލަކުން، ފިހާ ޓްރޭގައި ޕަފް ހަދަން ފުށް ކޮޅުތައް ޖަހަމުން ގެންދާށެވެ.

ދެން އަވަނަށް ލައި 25 ވަރަކަށް މިނެޓު ވަންދެން ފިހެލާށެވެ. އޭރުން ޕަފްގެ 'ޝެލް'ތައް ތައްޔާރުވީ އެވެ.

ޝެލްތައް ތައްޔާރުވުމުން، މެދުން ފަޅާލުމަށް ފަހު، ފިނިކުރަން ބެހެއްޓި ކްރީމް ނަގައި ޝެލްގެ މެދަށް އަޅާށެވެ.