23 Jun 2016, 10:15
ބޭނުންވާ ތަކެތި:
2 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
ޖޯޑު ފްރޯޒަން ޒުވާރި
1 ކިއުކަމްބާ (ކުދިކޮށް ކޮށާފައި)
ފިޔައެއްގެ ދެބައިކުޅަ އެއްބައި (ކުދިކޮށް ކޮށާފައި)
1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
1 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ވިނެގާ
1/2 ޖޯޑު ސަވާ ކްރީމް
1/4 ޖޯޑު މަޔޮނައިޒް
2 މޭޒުމަތީ ސަމުސާ ޕާސްލޭ ފަތް (ކުދިކޮށް ކޮށާފައި)
ލޮނު ކޮޅެއް
އަސޭމިރުސް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ބޯތަށްޓެއްގައި ހުރިހާ ތަރުކާރީއެއް އެއްކުރުމަށް ފަހު ބަހައްޓާށެވެ.
ކުޑަ ބޯތަށްޓެއްގައި މަޔޮނައިޒް، ސަވާ ކްރީމް، ޕާސްލޭ އަދި ވިނެގާ އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ތަރުކާރީތައް އެއްކުރި ބޯތަށީގެ ތެރެއަށް އަޅައި، ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ރަހަ ލާ ވަރުގެ ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅައި އެއްކޮށްލާށެވެ.
ސާވް ކުރުމުގެ ކުރިން ދެ ގައިޑިއިރު ވަންދެން ފިނިކޮށްލާށެވެ.