22 Jun 2016, 13:45
ސޯލް (ޖޫން 22): ޔޫއެން އިން ޓެސްޓް ކުރުން މަނާކޮށްފައިވާ ދެ މިސައިލެއް އުތުރު ކޮރެއާ އިން ޓެސްޓު ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުން ޓެސްޓު ކުރި ފުރަތަމަ މިސައިލް ވަނީ ފެއިލްވެފަ އެވެ. ނަމަވެސް ދެވަނަ މިސައިލް ވަނި ކާމިޔާބުކަމާ އެކު ލޯންޗުކޮށްފަ އެވެ. ދެކުނު ކޮރެއާގެ އަސްކަރީ އޮފިޝަލުން ވިދާޅުވި ގޮތުގައި އެދެ މިސައިލަކީ މެދު ރާސްތާ މުސުދާން މިސައިލްތަކެވެ.
އެމިސައިލްތައް ލޯންޗުކުރުމާ ގުޅިގެން ދެކުނު ކޮރެއާއިން ގައުމީ ސަލާމަތީ ބައްދަލުވުމުގެ ބާއްވާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.
ޔޫއެންގެ ގަރާރުގެ ދަށުން އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓު ކުރުމަކީ މަނާކަމެކެވެ. އަދި އެޖަމްއިއްޔާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް، އެގައުމުން ވަނީ މީގެ ކުރިން ހަތަރު ފަހަރެއް މަތިން މެދު ރާސްތާ މިސައިލް ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެހަތަރު ޓެސްޓުވެސް ވަނީ ނާކާމިޔާބުވެފަ އެވެ. (ބީބީސީ)