22 Jun 2016, 12:43
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.
ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޔޫތު މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އެވެ.
ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އިރުތިޝާމް އާދަމެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި ޅ. ހިންނަވަރު ބޮޑުފެންޑާގޭ އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އަހުމަދު މުނައްވަރެވެ.
ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.