19:00


މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ލޭބަރ ޔޫނިއަންގެ ފަރާތުން މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.


މިއަދު ހަތަރެއް ޖަހާކަންހާއިރު ކަސްޓަމްސް ސަރަހައްދުން ފެށި މި ހިނގާލުމުގައި، މަސައްކަތްތެރިންނަށް ދިމާވާ މައްސަލަތަކާއި، އެމީހުންނަށް ހުރި ގޮންޖެހުންތަކާ ބެހޭ ލިޔުންތައް ބޭނުންކޮށްފައިވޭ. އަދި މަސައްކަތްތެރިން އެމީހުންގެ ޝުއޫރުތައް މިހިނގާލުމުގައި ވަނީ ފާޅުކޮށްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވިރި އެ ހިނގާލުން ނިންމާލާފައި ވަނީ މަޖީދީ މަގާއި އަމީނީމަގުން ގޮސް ކަސްޓަމްސް ސަރަހައްދަށެވެ.


ލޭބަ ޔޫނިއަންގެ ނާއިބު ރައީސް މުހައްމަދު އަލީ ވިދާޅުވީ، މި ހިނގާލުމުގެ ބޭނުމަކީ، މިއަދު ފާހަގަކުރަމުންމިދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމާއި، މަސައްކަތްތެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.