22 Jun 2016, 09:58
ބޭނުންވާ ތަކެތި:
3 ޖޯޑު އަލުވި (މަށައި ބޮޑެތިކޮށް ފޮތިކޮށްފައި)
1 ފިޔާ (ކުދިކޮޑް ކޮށާފައި)
1/4 ޖޯޑު ވައިޓް ވިނެގާ
2 މޭޒުމަތީ ސަމުސާ ފެން
3 މޭޒުމަތީ ސަމުސާ ހަކުރު
1 ސައިސަމުސާ ލޮނު
1/8 ސައިސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ޕާސްލޭ ފަތް (ކުދިކޮށް ކޮށާފައި)
60ގ ބީފް (ކުދިކޮށް ކޮށާފައި)
ތައްޔާރު ކުރާނެ ގޮތް:
އަލުވިތައް ތެއްޔަކަށް އެޅުމަށަ ފަހު ފެނުކައްކާށެވެ. ރަނގަޅަށް މަޑުވުމުން އުނދުން މަތިން ބޭލުމަށް ފަހު ހިހޫ ވަންދެން ބަހައްޓާށެވެ.
ބީފްތައް ތަވަޔަކަށް އެޅުމަށް ފަހު ތެލުލާށެވެ. ބީފްތަކަށް މުށީ ކުލަ އަރައި މުރަނަ ވަންދެން ތެލުލާށެވެ. ދެން ތެޔޮ ގަނޑުގެ ތެރެއިން ބީފްތައް ނަގާފައި ބަހައްޓާށެވެ.
އެއަށްފަހުބީފް ތެލުލި ތެޔޮގަނޑުގެ ތެރެއަށް ފިޔާ އަޅައި ފިޔާތައް މީރުވަންދެން ބަހައްޓާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ވިނެގާ، ފެން، ހަކުރު އަދި އަސޭމިރުސް އަޅައި އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް އަލުވި އަދި ޕާސްލޭ އަޅާށެވެ.
އެއަށް ފަހު ތެލުލި ބީފްގެ ދެބައިކުޅަ އެއްބައި އޭގެ ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް ކައްކާލާށެވެ.
ކައްކާ ނިމި، ސާރވް ކުރަންވުމުން، އަލުވި ސެލެޑުގެ މައްޗަށް ބާކީ ހުރި ބީފްތައް ބުރުވާލާށެވެ. އޭރުން އަލުވި ސެލެޑް ތައްޔާރުކޮށް ނިމުނީ އެވެ.