ބޭނުންވާ ތަކެތި:

1/4 ޖޯޑު ބަޓަރު ނުވަތަ މާޖިރިން

1 ޖޯޑު ހަކުރު

1 ދަޅު އަލަނާސި (ދަޅުގައި ހުންނަ ސިރަޕް ބޭނުންވާނެ)

1 ދަޅު ޗެރީ (ތަނޑި ނައްޓާފައި)

ޔެލޯ ކޭކް މިކްސް ޕެކެޓެއް

ކޭކު ގިރަން ބޭނުންވާ ތެޔޮ އަދި ބިސް (ޕެކެޓުގައި ބުނެފައިވާ މިންވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ކޭކު ފިހަން ބޭނުންކުރާ ތަށީގެ ފުލުގައި ބަޓަރު ހާކާށެވެ. އެއަށް ފަހު އޭގެ މައްޗަށް ހަކުރު ކޮޅެއް ބުރުވާލައި އޭގެ މަތީގައި އަލަނާސި ފޮތިތައް އަތުރާލާށެވެ. އެއަށް ފަހު ކޮންމެ އަލަނާސި ފޮއްޗެއްގެ މަތީގައި ޗެރީއެއް ބައިންދާށެވެ.

އަލަނާސި ދަޅުގައި ހުރި ސިރަޕްގެ ތެރެއަށް ފެން އަޅައި، ޖޯޑެއްގެ މިން ހަމަކުރާށެވެ. އެއަށް ފަހު ކޭކް މިކްސް ޕެކެޓުގައި ބުނެފައިވާ ގޮތަށް ކޭކު ގިރާށެވެ. ކޭކު ގިރުމުގައި ފެނުގެ ބަދަލުގައި ބޭނުންކުރާނީ އަލަނާސި ސިރަޕް އެވެ.

ކޭކު ގިރާ ނިމުނުން، ތަށީގައި އެތުރި އަލަނާސީގެ މައްޗަށް އޮއްސާލައި ރަނގަޅަށް ފަތުރާލާށެވެ.

ދެން އަވަނަށް ލައި ރަނގަޅަށް ފިހެލާށެވެ. އޭރުން ކޭކު ތައްޔާރުވީ އެވެ.