ޓޫރިޒަމާ ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހުތައް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލުގެ މަރުހަލާތައް އެއް މަރުހަލާ އަނެއް މަރުހަލާ އަނެއް މަރުހަލާ އާ ވިދިގެން ކުރިއަށް ގެންދިއުމަށް ރިޔާސަތުން ހުށަހެޅުއްވި މައްސަލަ ފާސްވީ 31 މެމްބަރުންގެ ވޯޓުންނެވެ. އަވަސް ކުރުމަށް ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓް ދެއްވި އެވެ.
ވޯޓުގެ ނަތީޖާއާ އެކު، އެ ބިލުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންގޮސް ނިންމާލުމުގެ ބާރު މަޖިލީހުގެ ރިޔާސަތަށް ވަނީ ލިބިފަ އެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށައިފަ އެވެ.

ބިލުގެ މުހިންމު ބައިތައް:

  • ފަޅާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ރައީސް އޮފީހުގެ ހުއްދައާ އެކު
  • އާންމުކޮށް އިއުލާނު ނުކޮށް ވެސް ކުއްޔަށް ދޫކުރެވިދާނެ
  • ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ ވިއްކުމުގެ އިހްތިޔާރު ސަރުކާރަށް ދިނުން
  • ކުއްޔަށް ދޫކުރާ ތަނަކީ ތިމާވެށީގެ ގޮތުން މަޝްރޫއު ހިންގެންޖެހޭނެ ތަނަކަށްވުން
  • ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީ އެއްފަހަރާ ދައްކާ ނިންމުން
  • ގެސްޓް ހައުސްތަކުން ހަ ޑޮލަރުގެ ގްރީން ޓެކްސް އެއް ނެގުން