21 Jun 2016, 10:27
ބޭނުންވާ ތަކެތި:
- 2 ޖޯޑު ވެނީލާ އައިސްކްރީމް
- 1/2 ޖޯޑު ކިރު
- 1/4 ޖޯޑު ކެރަމަލް ސޯސް
ކެރަމަލް ސޯސް ތައްޔާރު ކުރުމަށް:
1 ޖޯޑު ހަކުރު
- 1/4 ޖޯޑު ފެން
- 3/4 ޖޯޑު ހެވީ ކްރީމް
- 3 1/2 މޭޒުމަތީ ސަމުސާ ބަޓަރު
- 1 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
ކެރަމަލް ސޯސް:-
ތަވައެއްގައި ހަކުރާއި ފެން އެއްކޮށް، ހަކުރުތައް ވިރެންދެން ހޫނުކުރާށެވެ. އެއަށްފަހު އުނދުނުގެ ދޮން ގަދަކޮށް ފެން ގަނޑު ކެކެންދެން ބަހައްޓާށެވެ. މުށި ކުލައެއް އަރަންދެން ކައްކާށެވެ.
މުށި ކުލަ އެރުމުން އުނދުން މަތިން ބޭލުމަށް ފަހު އޭގެ ތެރެއަށް ހެވީ ކުރީމް އެއްކޮށްލާށެވެ. އަދި ބަޓަރާއި ލޮނުވެސް އެއްކޮށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން، ކެރަމަލް ސޯސް އެހުރީ ތައްޔާރު ވެފަ އެވެ. ދެން ތަށްޓަކަށް އެޅުމަށްފަހު ފިނިކޮށްލާށެވެ.
މިލްކްޝޭކް:
ކެރަމަލް ސޯސް، އައިސްކުރީމް އަދި ކިރު މިކްސަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އޭރުން ކެރަމަލް މިލްކްޝޭކް ތައްޔާރުވީ އެވެ.