21 Jun 2016, 10:11
ބޭނުންވާނެ ތަކެތި:
ޖާމުންތައް ތައްޔާރު ކުރުމަށް:
1 ޖޯޑު ހިކި ކިރު
- 1/4 ޖޯޑު ފުށް
- 2 ސައިސަމުސާ ޔޯގަޓް
- 1/8 ސައިސަމުސާ ބޭކިން ޕައުޑަރު
- 1 ސައިސަމުސާ ތެޔޮ
ސިރަޕް ތައްޔާރު ކުރުމަށް:
2 ޖޯޑު ފެން
- 1.5 ޖޯޑު ހަކުރު
- 4 ކާފޫރު ތޮޅި (ހިމުންކޮށްފައި)
- 1 ސައިސަމުސާ ރޯސް ވޯޓާ
ތައްޔާރު ކުރާނެ ގޮތް:
ސިރަޕް:
ތަވައެއްގައި ހަކުރާއި، ފެން އަދި ކާފޫރު ތޮޅި އެއްކޮށް، އޮލަވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އޮލަވުމުވް އޭގެ ތެރެއަށް ޜޮސަ ވޯޓާ އެޅުމަށް ފަހު ކުޑަ އިރުކޮޅަކު ކެއްކުމަށް ފަހު އުނދުން މަތިން ބާލާށެވެ.
ޖާމުން:
ބޯތަށްޓެއްގައި ހިކި ކިރާއި، ފުށް އަދި ބޭކިން ޕައިޑަރު އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ތެޔޮ އަދި ކުޑަ ޔޯގަޓް ކޮޅެއް އަޅާށެވެ. ރަނގަޅަށް ގިރުމަށް ފަހު، ފަހަރަކު ޔޯގަޓް ކޮޅެއް އަޅައި އެއްކުރަމުން ގެންދާށެވެ. ފުށްގަނޑު ރަނގަޅަށް ގިރި، އޮމާންވުމުން އޭގެން ކުދި ބޯޅަ ތަކެއް ހަދާށެވެ.
އެއަށް ފަހު މަޑު ގިނީގައި ތެލުލާށެވެ. ޖާމުންތަކަށް ރަން މުށި ކުލައެއް އެރުމުން ތެޔޮ ގަނޑުން ނަގާށެވެ.
ޖާމުންތައް ކުޑަކޮށް ހިހޫވުމުން ސިރަޕްގެ ތެރެއަށް ލައި ފޯ ކޮށްލާފައި ބަހައްޓާށެވެ. ދެތިން ގަޑި އިރު ފަހުން ސާވް ކުރާށެވެ.