18 May 2011, 16:10
ހދ. ހިރިމަރަދޫގައި ޅިޔަނަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ކަމަށާއި ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް ހައްޔަރު ކުރި މީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދިނެ އެވެ.
ހިރިމަރަދޫން ސަން އަށް މަޢުލޫމާތު ދިން މީހަކު މިއަދު ބުނީ އުމުރުން 15 އަހަރުގެ އެ އަންހެން ކުއްޖާއާ އެކި ފަހަރުމަތިން ޅިޔަނު ބެހޭ ކަމަށް އެ ކުއްޖާ ބުނާ ކަމަށެވެ. އަދި އެކަން އެންމެ ފުރަތަމަ އެ ކުއްޖާގެ މަންމަ އަށް އެންގުމުން އެކަން ސިއްރު ކުރަން މަސައްކަތް ކުރި ކަމަށް ވެސް އެމީހާ ބުންޏެވެ.