ނ. ކެނދިކުޅުދޫގައި ބިދޭސީއަކު ދަންޖެހި މަރުވެއްޖެއެވެ.

ކެނދިކުޅުދޫ ކައުންިސލުން މައުލޫމާތު ދޭގޮތުގައި މިރޭ އިރާކޮޅު ދަންޖެހިފައި ހުއްޓައި ފެނިފައިވަނީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ އުހީދުލް އިސްލާމް ނަމަކަށްކިޔާ ބިދޭސީއެކެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ހަމްދޫން އަލީ ވިދާޅުވީ، އެރަށުގައި އުޅޭތާ ދޮޅުއަހަރެއްހާ ދުވަސްވެފައިވާ އެބިދޭސީ މީހާއަށް ވަރަށް ފަހުން ނަފްސާނީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

މިދޭތެރެއަކުން އެ ބިދޭސީ މީހާއަށް ނަފްސާނީ މައްސަލަތަކެއް ދިމާވެ "ފާޑުފާޑު"ގެ ވާހަކަތަކެއް ދައްކައި މީގެ ތިން ރޭ ކުރިން ވަނީ އެރަށު މަރުކަޒަށް ގޮސް ޑޮކްޓަރަށް ދައްކާފައިކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހަމްދޫން ވިދާޅުވީ، ޑޮކްޓަރު ލަފާދިނީ އޭނާ އަވަހަށް މާލެ ގެނައުމަށް ކަމަށާއި ނަމަވެސް މާލެ ނުފޮނުވި ހުރީ މޫސުންގޯސްވުމުން ފުރާ ދޯންޏެއް ނެތުމުން ކަމަށެވެ.

އަމިއްލައަށް މަރުވުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ.