"އަތުމީރު" ބްރޭންޑުގެ ހަވާދު ތައްޔާރުކުރުމުގެ މައްސަކަތްކުރާ ތަނުގެ ސާފުތާހިރުކަން ދައްވުމުގެ ސަބަބުން އެވައްތަރުގެ ހަވާދު ވިއްކުން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެވައްތަރު ހަވާދު އުފައްދާ ތަނުގެ ސާފުތާހިރުކަން ދަށް ކަމަށެވެ. އެހެންކަމުން އެތަނަކީ ކާބޯތަކެތި އުފައްދަން އެކަށީގެންވާތަނެއް ނޫން ކަމަށެވެ.

އެކަމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ ބްރޭންޑްގެ ހަވާދު ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"މިހާރު ބާޒާރުގައި ހުރި މި ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އާއްމުކޮށް އަންގަން،" އެއޮތޯރިޓީން ބުންޏެވެ.

އެއޮތޯރިޓީން އިތުރަށް ބުނީ ދެން އެ ބްރޭންޑުގެ ހަވާދު ބޭނުން ކުރަންވާނީ އެ އޮތޯރިޓީން އެންގުމުން ކަމަށެވެ.