ޓްރެފިކް މައްސަލަތަކާ ގުޅިގެން އުފެދޭ ހިތްހަމަނުޖެހުންތައް އެސްއެމްއެސް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅޭނެ އިންތިޒާމް ފުލުހުން ހަމަޖައްސައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ ސަން އަށް ވިދާޅުވީ، TMD ޖެހުމަށްފަހު އެ ޝަކުވާއެއް ލިޔުމަށްފަހު 119އަށް މެސެޖެއް ފޮނުވުމުން އެކަމެއް ބަަލައި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މިއީ ހިލޭ ފޮނުވޭ އެސްއެމްއެސް، އެ އެސްއެމްއެސް ފޮނުވީމަ ޝަކުވާތައް އަޅުގަނޑުމެން ބަލާނެ." އިސްމާއިލް ވިދާޅުވިއެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި ޕާކް ކުރުން ފަދަ ކަންކަމުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް މަގުމަތި ބަލަހައްޓާ ފުލުހުން މިހާރުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަަމަށެވެ.

އެގޮތަށް މެސެޖް ފޮނުވާއިރު ފޮނުވާ މެސެޖްތަކަކީ ޒިންމާދާރު ކަމާއެކު ފޮނުވޭ މަސެޖްތަކަކަށް ހެދުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.