ގާނޫނުގައި ބުނެފައިވާގޮތުގެ މަތިން، ދެ އަހަރުގެ ދަރިފުޅާ ބައްދަލުކުރުމަށް ޝަރުތުކޮށް އއ. ހިމަންދޫއިން ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ދޫކޮށްލައިފިއެވެ.

މިމަހު ނުވަ ވަނަ ދުވަހު އެމީހާ ހަޔަރުކޮށްފައިވަނީ އޭނާގެ ބެލުމުގެ ދަށުގައިހުރި ދެ އަހަރުގެ ދަރިފުޅު މަންމައާ ހަވާލުކުރުމަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން އެރަށަށް ގޮސް ކުރި މަސައްކަތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ފަސް ދުވަސްޖަހާފައިވާއިރު މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ، އޭނާ ދޫކޮށްލީ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން ދަރިފުޅާ ބައްދަލުކުރުމަށް ޝަރުތުކޮށް ކަމަށެވެ. ވަކި މުއްދަތެއް ވަންދެން ބައްދަލު ނުކުރަން ނާންގާ ކަމަށް މަނިކު ވިދާޅުވިއެވެ.

އެމައްސަލާގައި އިތުރު ތިން މީހަކުވެސް ފުލުހުން ވަނީ ހިމަންދޫން ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އެމީހުންވެސް ގޭ ބަންދަށް ބަދަލުކޮށްފައެވެ.