20 Jun 2016, 13:13
ބޮލީވުޑުގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ އާމިރު ޚާން އަދި ސަލްމާން ޚާން އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެ ދެ މީހުން ވެސް ބުނެފި އެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން، މިހާރު ފިލްމު 'ސުލްތާން'ގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ސަލްމާން ބުނީ، އާމިރާއެކު 1994 ވަނަ އަހަރު ކުޅުނު "އަންދާޒް އަޕްނާ އަޕްނާ" ގެ ދެވަނަ ފިލްމުގެ މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށެވެ.
ސަލްމާންގެ އިތުރުން އާމިރު ވެސް ވަނީ އެ ފިލްމުގައި ދެ މީހުން އެކުގައި އަލުން މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ.

'އަންދާޒް އަޕްނާ އަޕްނާ' ގެ މަންޒަރެއްގައި ސަލްމާން އަދި އާމިރު --
ކޮމެޑީ ފިލްމު 'އަންދާޒް އަޕްނާ އަޕްނާ' ގެ ދެވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރާނީ ވިކާސް ބަލް ނުވަތަ ވިކްރަމްއަދިއްތުޔާ މޮތުވާނޭ އެވެ. އެކަން ފައިނަލް ވާނީ މި އަހަރުގެ ފަހު ކޮޅުގަ އެވެ.
'އަންދާޒް އަޕްނާ އަޕްނާ' ގެ ފުރަތަމަ ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ރާޖްކުމާރު ސަންތޯޝީ އެވެ. އެ ފިލްމުގައި އާމިރު އަދި ސަލްމާންގެ އިތުރުން ދެން ހަރަކާތްތެރިވީ ރަވީނާ ޓަންޑަން އަދި ކަރިސްމާ ކަޕޫރެވެ.

'އަންދާޒް އަޕްނާ އަޕްނާ' ގެ މަންޒަރެއް --
ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުގެ އޭޕްރީމް މަހުގެ އެގާރަ ވަނަ ދުވަހު ނުކުތް ފިލްމަކީ، މިހާތަނަށް ނުކުތް އެންމެ މޮޅު ކޮމެޑީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.