20 Jun 2016, 10:20
ބޭނުންވާ ތަކެތި:
1 އާފަލު
1 އޮރެންޖު
1 ވައް ދޮންކެޔޮ
120މލ އޮރެންޖު ޖޫސް (ޕެކެޓު ޖޫސް ވެސް ރަނގަޅު ވާނެ)
އައިސް ކިއުބް
ތައްޔާރު ކުރާނެ ގޮތް:
އޮރެންޖު ތޮށި މަށައި އޮށް ނެގުމަށް ފަހު ކުދިކޮށް ކޮށާށެވެ.
އާފަލު ތޮށި މަށައި ކަރުގަނޑު ނެގުމަށް ފަހު ކުދިކޮށް ކޮށާށެވެ.
ދޮންކެޔޮ ތޮށިގަނޑު ވަކި ކޮށްލުމަށްފަހު ކުދިކޮށް ކޮށާށެވެ.
އެއަށްފަހު މޭވާ އާއި އޮރެންޖު ޖޫސް އަދި އައިސް ކިއުބުތައް މިކްސަރަށް އަޅައި ގިރާލާށެވެ. އޭރުން ފްރުޓް ސްމޫތީ ތައްޔާރުވީ އެވެ.