ރ. ފަސްމެންދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާއެމިލް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށްކުއްޔަށް ދީފި އެވެ.

މީގެ ކުރިން ވެސް ރިސޯޓް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފައިވާ ފަސްމެންދޫގައި ރިސޯޓެއް ތަރައްގީ ކުރަން މިފަހަރު އެރަށް ކުއްޔަށް ދީފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެކަމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ކުއްޔަށްދިން ކުންފުންޏާ އެކު ސޮއިކުރީ މިއަދު އެވެ.

އެއްބަސްވުމުގައި ވާގޮތުން ކުއްޔަށް ހިފި ފަރާތުން ފަސްމެންދޫގައި ރިސޯޓެއް ތަރައްގީކޮށް 24 މަސް ދުވަހުގެ ތެރޭގައި ހުޅުވަންޖެހޭނެ އެވެ.

ފަސްމެންދޫ އަކީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރިސޯޓް ތަރައްގީ ކުރަން ސަރުކާރުން ކަނޑައެޅި 15 ރަށުގެ ތެރެއިން ހިމެނޭ ރަށެކެވެ.

ނަމަވެސް އެ ރަށުގެ އެކުއިޒިޝަން ފީ ދައްކާފައި ނުވާތީ ރަށް ހަވާލުކޮށްފައިވާ ފަރާތަށް ދީފައިވާ ނޮޓިފިކޭޝަން އޮފް އެވޯޑް ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ބާތިލް ކޮށް، ދެވަނަ އަށް އެންމެ ބޮޑު ލީސް އެކުއިޒިޝަން ކޯސްޓް ހުށަހެޅުއްވި ފަރާތްކަމަށްވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.