ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާންކުރި ދެ އަންހެން ކުދިން ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކުރީ ޏ. ފުވައްމުލައް، ހޯދަޑު، އޯޝަންވިލާ، އުމުރުން 17 އަހަރުގެ ނައުފާ އަޙްމަދު ހަމައެގޭ އުމުރުން 17 އަހަރުގެ ރަޝްފާ އަޙްމަދު އެވެ.

އެ ދެ ކުދިން ހޯދަން ފުލުހުން މިއަދު އިއުލާންކުރީ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ފުލުސް އޮފީހަށް ހާޒިރު ނުކުރެވިގެންނެވެ.

ފުލުހުން ބުނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް މިރޭގެ ވަގުތެއްގައި އެ ދެ ކުދިން ހާޒިރުވެފައިވާ ކަމަށެވެ.

ތަހުގީގު ކުރަމުން އަންނަ އެ މައްސަލައިގެ ތަފްސީލް ފުލުހުން ނުބުނެއެވެ.