19 Jun 2016, 16:18
މީޑިއާނެޓުން ފޯރުކޮށް ދޭ ކޭބަލްޓީވީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފި އެވެ.
މީޑިއާ ނެޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށް މީޑިއާ ނެޓުގެ ޗެނަލްތައް ލިބިގެންދާނެ އެވެ. އެ ހިދުމަތް ލިބޭނީ އެ ރަށަކަށް ކޭބަލްޓީވީ ދޫކުރާ ލޯކަލް އޮޕަރޭޓަރުން މެދުވެރިކޮށް ކަމަށް މީޑިއާ ނެޓުން ބުންޏެވެ.
މީޑިއާ ނެޓުގެ ހިދުމަތް އަލަށް ދޫކުރި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ލ، ބ، ށ، ހއ، ނ، ގއ، ގދ، އއ، އދ، ދ، އަދި ރ އަތޮޅެވެ. އައްޑޫގައި ފުވައްމުލަކަށް މީގެ ކުރިން ވެސް މީޑިއާ ނެޓުން ދަނީ ހިދުމަތް ދެމުންނެވެ.
މުޅި ރާއްޖެއަށް މީޑިއާ ނެޓުން ވަނީ ފަސްދޮޅަހަށް ވުރެ ގިނަ ޗެނަލް ދޫކޮށްފަ އެވެ. މީޑިއާނެޓް ހިޓްސް އިން ހުރިހާ މަގުބޫލު ކުޅިވަރު ޗެނަލްތަކާއި ވަގުތުން ގެނެސް ދޭ މެޗުތައް އެޗްޑީ ކޮލެޓީގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީޑިއާނެޓުގެ ހިދުމަތް މިހާރު ވެސް ލިބޭ އަތޮޅުތަކާއި ރަށްތަކުން މީޑިއާނެޓަށް ވަގުތުން ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި މީޑިއާނެޓުގެ ހިދުމަތް އަދި ނުލިބޭ ރަށްތަކުން އެ ސަރަހައްދެއްގެ ކޭބަލް އޮޕަރޭޓަރެއް މެދުވެރިކޮށް މީޑީއާނެޓް ކޭބަލް ޓީވީގެ ހިދުމަތް ލިބޭނެ އެވެ.