ރޯދަމަހަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނު އިރު ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ބައްދަލު ކުރަން ޖެހިއްޖެ އެވެ.

ޖުމްލަ ހަތް ޓީމެއް ދެ ގުރޫޕް އަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތައް ނިމުނު އިރު ދެވަނަ ބުރުން ޖާގަ ލިބުނީ ގުރޫޕް އޭގެ ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އާއި ބީޖީ ސްޕޯޓްސް ކުލަބަށެވެ. ގުރޫޕް ބީ އިން ދެ ވަނަބުރަށް ދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އާއި ދިވެހި ސިފައިންގެ ކުލަބެވެ.

ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓްރީ ޕްލޭ އޮފް ކުޅެން ޖެހުނީ ދެ ގުރޫޕްގެ ފުލައް ދިއަ ދެ ޓީމުގެ ގޮތުގަ އެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗު މާދަމާ ހަވީރު 16:30 ގައި ކުރިއަށްދާނީ ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.

އެ މެޗު ކާމިޔާބު ކުރާ ޓީމާއެކު މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.